ދިރާގުން އަލަށް ތައާރަފްކުރި ޕޯސްޓްޕެއިޑަކީ ކަސްޓަމަރުންގެ ބޭނުންތަކަށް ވަރަށް ބޮޑަށް ބަލައިގެން ފަރުމާކޮށްފައިވާ ހިދުމަތެކެވެ. ސޯޝަލް މީޑިއާއަކީ ގިނަ ކަސްޓަމަރުން ބޭނުންކުރާ ޕްލެޓްފޯމްތަކަކަށްވާތީވެ އާ ޕޯސްޓްޕެއިޑްގައި މަޤްބޫލް ސޯޝަލް މީޑިއާ އެޕްތައް ބޭނުންކުރުން 3 ޖީބީއާ ހަމައަށް މުޅިން ހިލޭ ލިބޭނެއެވެ. މީގެ ތެރޭގައި ހިމެނޭ ސޯޝަލް މީޑިއާ އެޕްތަކަކީ ފޭސްބުކް، ޓްވިޓަރ، ވަޓްސްއެޕް، ވައިބަރ، އިންސްޓަގްރާމް އަދި ސްނެޕްޗެޓެވެ.
މީގެ އިތުރުން އާންމު ދިރިއުޅުމުގައި ދިވެހިން ބޭނުން ކުރާ ދިވެހި ވަރަށް ގިނަ އެޕާއި އޮންލައިން ހިދުމަތް ދިރާގުގެ ޕޯސްޓްޕެއިޑްގައި ހިލޭ ބެނުންކުރެވެއެވެ. މީގެތެރޭގައި ދިރާގުގެ އެޕާއި، ދިރާގު ޕޭ އެޕާއި، ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް ބޭންކިންގް އެޕާއި، ނަމާދު ވަގުތު އަންގައިދޭ ސަލާތު އެމްވީ އެޕާއި، ކިޔޫ ޓޯކެން ދޫކުރާ ކިޔުބީ އެޕް އަދި މޯލްޑިވްސް ފްލައިޓް ޝެޑިޔުލް ވެބްސައިޓް ބޭނުންކުރުންވެސް ވަނީ ހިލޭކޮށްފައެވެ.
އާ ޕޯސްޓްޕެއިޑްގައިވާ އަގުތަކަކީ މިހާތަނަށް ރާއްޖޭގައި ޕޯސްޓްޕެއިޑް ހިދުމަތަށް ފޯރުކޮށްދޭ އެންމެ ހެޔޮއަގުތަކެވެ. ދިރާގުގެ އާ ޕޯސްޓްޕެއިޑްގައި ފަސޭހައިން ފައިސާ ދެއްކޭ ގޮތްތަކެއް ވެއެވެ. މިގޮތުން ޕޯސްޓްޕެއިޑް އުސޫލުން މަސް ނިމުމުން ފައިސާ ދެއްކުމުގެ އިތުރުން ޕޯސްޓްޕެއިޑްއަދި ޕްރީޕެއިޑްގެ ސިފަތައް އެއްކޮށްފައިވާ ހައިބްރިޑް ޕޭ ސިސްޓަމެއްވެސް އެކުލެވިގެންވެއެވެ. ހައިބްރިޑް ސިސްޓަމްގައި ލައިން ރެންޓަލް އަދި އާންމުކޮށް ބޭނުންކުރާ ހިދުމަތްތަކަށް ދައްކަންޖެހޭ އަދަދުގެ އިތުރުން މިސާލަކަށް ޑޭޓާ ބޫސްޓެއްނަގައިފިނަމަ އެ ޕްރިޕެއިޑް އުސޫލުން ފަސޭހައިން ދައްކާލެވެއެވެ.
ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމެވެ. މިގޮތުން އިނޮވޭޝަނާއި ޓެކްނޮލޮޖީ ބޭނުންކޮށްގެން އަބަދުވެސް ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ދިރާގުން ކުރިއަށް ގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް