ޕާކިސްތާނު އަންހެނަކު ޒަހަރު ދީގެން ފިރިމީހާ އާއި އެ އާއިލާގެ 12 މީހަކު މަރާލައިފި

ޕާކިސްތާނު އަންހެނަކު އެ އަންހެންމީހާގެ ފިރިމީހާ އާއި ފިރިމީހާގެ އާއިލާގެ 12 މީހަކަށް ޒަހަރު ދީ މަރާލައިފި އެވެ. ޕާކިސްތާނު ފުލުހުން ބުނެފައިވާގޮތުގައި އެ އަންހެންމީހާ މި އަމަލު ހިންގާފައިވަނީ ކިރު އަ...

01 Nov 2017 | 03:39

ޕާކިސްތާނު އަންހެނަކު އެ އަންހެންމީހާގެ ފިރިމީހާ އާއި ފިރިމީހާގެ އާއިލާގެ 12 މީހަކަށް ޒަހަރު ދީ މަރާލައިފި އެވެ.

ޕާކިސްތާނު ފުލުހުން ބުނެފައިވާގޮތުގައި އެ އަންހެންމީހާ މި އަމަލު ހިންގާފައިވަނީ ކިރު އަޅައިގެން ޕާކިސްތާނުގައި ހަދާ ބުއިމެއް ކަމުގައިވާ "ލައްސީ" އަށް ޒަހަރު އެޅުމަށްފަހު ފިރިމީހާގެ އާއިލާގެ މެމްބަރުންނަށް އެ "ލައްސީ" ބޯންދީގެންނެވެ.

ފުލުހުން ހާމަކޮށްފައިވާގޮތުގައި މަރުވެފައިވާ ފިރިހެން މީހާ އެ އަންހެންމީހާއާއި ކައިވެނިކޮށްފައިވަނީ އެރޭންޖް މެރިއޭޖަކުންނެވެ. މި މައްސަލައިގާ އާސިޔާ ބީބީ ނަމަކަށް ކިޔާ މި އަންހެން މީހާ އާއި އެ އަންހެން މީހާގެ ލޯބިވެރިޔާ ހައްޔަރުކޮށްފައިވާކަމުގައިވެސް ޕާކިސްތާނު ފުލުހުން ބުނެފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް