ޝުމްބާގޮންގް ހައްޔަރުކޮށްފި

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައާއި ގުޅިގެން އެންއައިސީން މިއަދު ހޯދަން އިއުލާނު ކުރި އަށް މީހުންގެ ތެރޭގައި ހިމެނޭ އަހުމަދު އަޝްރަފް (ޝުމްބާގޮންގް) ލަންކާއިން ހައްޔަރުކޮށްފި އެވެ. ފު...

01 Nov 2015 | 15:40

ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައާއި ގުޅިގެން އެންއައިސީން މިއަދު ހޯދަން އިއުލާނު ކުރި އަށް މީހުންގެ ތެރޭގައި ހިމެނޭ އަހުމަދު އަޝްރަފް (ޝުމްބާގޮންގް) ލަންކާއިން ހައްޔަރުކޮށްފި އެވެ.

ފުލުހުންވެސް މިކަން ކަށަަވަރުކޮށްދެ އެވެ.

ފުލުހުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައެއްގައި ހޯދާ އަހުމަދު އަޝްރަފް، ނައިލޯނުގެ، ޅ.ހިންނަވަރު، ސްރީލަންކާއިން ހައްޔަރުކޮށްފައި ވާކަމަށެވެ.

އަހުމަދު އަޝްރަފް ހައްޔަރުކޮށްފައިވާއިރު ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލަ ތަހުގީގު ކުރުމަށް ރައީސް އެކުލަވައިލެއްވި އިންކުއަރީ ކޮމިޝަނުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ކޯ ޗެއާ، ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ރާއްޖެއިން ބޭރުގައި ތިބި އަށް މީހަކު ރާއްޖެ އައުމަށް އަންގާފަ އެވެ. އަދި އެ މީހުން ނައިސްފިނަމަ އިންޓަޕޯލް މެދުވެރިކޮށް އެމީހުން ހޯދުމަށް ރެޑްނޯޓިސް ނެރޭނެ ކަމަށްވެސް އުމަރު ވިދާޅުވި އެވެ.

އަހުމަދު އަޝްރަފް (ޝުމްބާގޮންގަކީ) ސޯޝަލް މީޑީއާ އެކްޓިވިސްޓެއް ކަމަށްވާއިރު ޓްވިޓާގައި އޭނާ މިފަހުން ހަރަކާތްތެރިވެފައިވަނީ ނައިބު ރައީސް އަހުމަދު އަދީބަށް ތާއީދު ކޮށެވެ. ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރުކުރުމާއިއެކު އޭނާ ވަނީ ސަރުކާރާ ދެކޮޅަށް ގިނަ ޓްވީޓްތަކެއް ކޮށްފަ އެވެ.

ޝުމްބާގޮންގް އެންމެ ފަހުން ކޮށްފައިވާ ޓްވީޓްގައި ބުނެފައިވަނީ "ކޮންމެވެސް ބަޔަކު އޭނާ އުޅޭ ގޭގެ ދޮރު ހަލާކުކޮށް ވަނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި މާތް ﷲގެ އެންމެން ހިމާޔަތް ކުރެއްވުން އެދޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް