ރައީސަށް ދިން ހަމަލާއާއި ގުޅިގެން ބަޖެޓު ހުށަހެޅުން ލަސްކުރަން ޖެހިއްޖެ

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން ލަސްކޮށްފި އެވެ. ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ ބަޖެޓު ދިރާސާކޮށް އެއްކޮށް ނިންމުމަށް ފަހު މަޖިލީހަށް ފޮނުވޭވަ...

01 Nov 2015 | 09:28

އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ފޮނުވުން ލަސްކޮށްފި އެވެ.

ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވީ ބަޖެޓު ދިރާސާކޮށް އެއްކޮށް ނިންމުމަށް ފަހު މަޖިލީހަށް ފޮނުވޭވަރު ވާނީ މިމަހުގެ 12 ވަނަ ދުވަހު އެވެ. މީގެ ކުރިން ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ބަޖެޓު މަޖިލީހަށް ފޮނުވަން މަސައްކަތް ކޮށްފަ އެވެ.

މިނިސްޓަރު ޖިހާދު މިއަދު ވިދާޅުވި ގޮތުގައި ބަޖެޓް ފޮނުވުން ފަސްކުރަން ޖެހުނީ ރިޔާސީ ލޯންޗަށް ދިން ހަމަލައާ ގުޅިގެން އެކި ކަންކަމުގައި ރައީސާއި ސަރުކާރުގެ ވަރަށް ގިނަ އިސް ބޭފުޅުން އުޅުއްވަން ޖެހިވަޑައިގަތުމުން ކަމަށެވެ.

ބަޖެޓް ހުށަހެޅުމާ ބެހޭގޮތުން މާލިއްޔަތު ގާނޫނަށް 2013 ވަނަ އަހަރު ގެނެސްފައިވާ އިސްލާހުގައި ބުނެފައިވާ ގޮތުން އާ އަހަރު ފެށުމުގެ ދެ މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހަޅަން ޖެހޭނެ ނެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 24.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް