ލޯންޗުގައި އެއްޗެއް ގޮއްވާލި މައްސަލައިގަ ތުހުމަތުކުރެވޭ މީހުން ޝަރީއަތް އަވަސް ކުރުމަށް ގޮވާލައިފި

ރިޔާސީ ލޯންޗު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހުންގެ މައްޗަށް ޝަރީއަތް ހިންގުން އަވަސް ކުރުމަށް ޕީޕީއެމް އެމްޑީއޭ އަދި ޖޭޕީގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫ...

01 Nov 2015 | 08:22

ރިޔާސީ ލޯންޗު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ މީހުންގެ މައްޗަށް ޝަރީއަތް ހިންގުން އަވަސް ކުރުމަށް ޕީޕީއެމް އެމްޑީއޭ އަދި ޖޭޕީގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ގޮވާލައިފި އެވެ.

އެ ތިން ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ރައީސް ޔާމީނަށް ހަމަލާދިނުމަށް ހިންގި އުދުވާނުގައި ބައިވެރިވި ހުރިހާ ފަރާތްތައް ޝަރީއަތުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށެވެ. އަދި އެ ނުރައްކާތެރި ހަމަލާދިނުމުގެ ފަހަތުގައިވާ ބަޔަކަށް ހައްގު އަދަބު ލަސްނުވެ ލިބުމަކީ އެ މެންބަރުން އިންތިހާބު ކޮށްފައިވާ ދާއިރާތަކުގެ ރައްޔިތުންގެ އެދުން ކަމަށް ބުނެފައިވެ އެވެ.

ބ. ހިބަޅިދޫއިން ހަތިޔާރު ފެނުމާއި ރައީސްގެ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލަޔާ ގުޅުމެއް ވާކަމަށް ފުލުހުން އިއްޔެ ބުނެފައި ވާތީ، އެކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބި މީހުންނާއި އެ އަމަލު ހިންގުމުގައި ބައިވެރިވާކަމަށް ބެލެވޭ މީހުންނާމެދު އަވަސް ޝަރީއަތެއް ހިންގުމަށް ވެސް ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން ނެރުނު ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ މިފަދަ ދަނޑިވަޅެއްގައި މަޖިލީހުގެ ތެރެއިން ރައީސް ޔާމީނަށާއި ސަރުކާރުގެ އިދާރާތަކަށް ދެވެން އޮތް އެއްބާރުލުމެއް ދޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް