ރާވައިގެން ދިން ހަމަލާއެއް ކަމަށް ވަރަށް ބައިވަރު ހެކި އެބަހުރި: ހޯމް މިނިސްޓަރ

ރިޔާސީ ލޯންޗުކޮޅަށް ދީފައިވާ ޙަމަލާއަކީ ރާވައިގެން ދިން ހަމަލާއެއް ކަމަށް ވަރަށް ބައިވަރު ހެކި އެބަހުރިކަމަށް ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ ނެޝަނަލް އިންކުއަރީ ކޮ...

01 Nov 2015 | 07:31

ރިޔާސީ ލޯންޗުކޮޅަށް ދީފައިވާ ޙަމަލާއަކީ ރާވައިގެން ދިން ހަމަލާއެއް ކަމަށް ވަރަށް ބައިވަރު ހެކި އެބަހުރިކަމަށް ހޯމް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ނެޝަނަލް އިންކުއަރީ ކޮމިޝަން އިން މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުންނެވެ.

ޢުމަރު ނަޞީރު ވިދާޅުވީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލީ ރާވައިގެންކަމުގެ އެންމެ ބޮޑު ހެއްކަކީ ޓައިމިންގ ކަމަށެވެ. އަދި ތަހުގީގު ދަނީ ހެކިންގެ ފަހަތުން ކަމަށާއި މީހުންގެ ފަހަތުން ނޫން ކަމަށެވެ.

މިހާތަނަށް ކުރި ތަހުގީގުން ހެކިތައް ގޮސް ދިނީ ނައިބު ރައީސް އާހަމައަށް ކަމަށާއި ނައިބު ރައީސް އާ އެ ހާދިސާ އާ ވަރަށް ބޮޑަށް ގުޅޭ ހެކި މިހާރުވެސް އެބަހުރިިކަމަށްވެސް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.

ޢުމަރު ނަޞީރު އިތުރަށް ވިދާޅުވީ މި ހަމަލާއަކީ މުޅީ ލޯންޗުކޮޅު ގޮއްވާލަން ދިން ހަމަލާއެއް ކަމަށް ނުބެލެވޭ ކަމަށާއި ސީދާ ރައީސް އަވަހާރަކޮއްލަން ދިން ހަމަލާއެއް ކަމަށް ބެލެވޭ ކަމަށެވެ.

ނައިބު ރައީސް އަހުމަދު އަދީބަށް ސަލާމަތީ ބާރުތަކުގެ މައްޗަށް އެއްވެސް ނުފޫޒެއް މިހާރު ނޯންނާނެ ކަމަށްވެސް ޢުމަރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް