ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައާއި ގުޅިގެން ހިންގަމުން އަންނަ ތަހުގީގާ ގުޅިގެން ހޯދަން ބޭނުންވާ އަށް މީހެއްގެ ނަން، ނެޝަނަލް އިންކުއަރީ ކޮމިޝަން (އެންއައިސީ) އިން އާންމުކޮށްފި އެވެ.
އެންއައިސީން ހޯދަމުން އަންނަ އަށް މީހުންނަކީ މުހައްމަދު އައްލާމް ލަތީފާއި މުހައްމަދު ހުސައިން (އޮއިއްޓޭ) އާއި މުހައްމަދު ވިޝާމާއި އަހްމަދު ފާތިހާއި މުހައްމަދު އަސީލް އަހުމަދާއި އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) އާއި ހުސައިން ސިނާން އަހުމަދާއި އިޝްފާގު އަލީ އެވެ.
އެންއައިސީގެ ކޯޗެއާ، ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ އެ އަށް މީހުންނަކީ ފިލައިގެން އުޅޭ މީހުން ކަމާށާއި އެ މީހުން އެނބުރި ރާއްޖެ އައުމުން އިލްތިމާސްކުރާ ކަމަށެވެ. އަދި އެ މީހުން ރާއްޖެ ނައިސްފިނަމަ އިންޓަޕޯލްމެދުވެރިކޮށް އެ މީހުން ހޯދަން ރެޑްނޯޓިސް ނެރޭނެ ކަމަށް އުމަރު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް