ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް 24 ގަޑިއިރު ލިބޭގޮތަށް ބަދަލުކޮށްފި

ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް24 ގަޑިއިރު ލިބޭގޮތަށް ބަދަލުކޮށްފިއެވެ. ސްޓެލްކޯއިން ބުނީ މިއީ ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް އިތުރަށް ތަރއްގީކުރުމަށްޓަކައި ކުރަމުން ގެންދަވާ މަސަ...

01 Oct 2024 | 15:05

ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް24 ގަޑިއިރު ލިބޭގޮތަށް ބަދަލުކޮށްފިއެވެ.

ސްޓެލްކޯއިން ބުނީ މިއީ ސްޓެލްކޯގެ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް އިތުރަށް ތަރއްގީކުރުމަށްޓަކައި ކުރަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ކުރެވުނު ކަމެއް ކަމަށެވެ.އަދި ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޚިދުމަތެއް ދިނުމަށް އެ ކުންފުނިން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

އެ ކުންފުނީގެ ހޮޓްލައިން1545 މި އަހަރުގެ އޯގަސްޓް މަހުގެ28 ވަނަ ދުވަހު ވަނީ ތާރަފްކޮށްފައެވެ.

އެ ހޮޓްލައިން މެދުވެރިކޮށް ކޮންޓެކްޓް ސެންޓަރަށް ގުޅައިގެން ސްޓެލްކޯއިން ފޯރުކޮށްދެއްވަމުން ގެންދަވާ ހުރިހާ ޚިދުމަތެއްގެ މައުލޫމާތު ލިބޭނެއެވެ.

ސްޓެލްކޯ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް24 ގަޑިއިރަށް ބަދަލުކުރުމާއި ގުޅިގެން އެ ކުންފުނީގެ އެމްޑީ ހުސެން ފަހުމީ ވިދާޅުވީ، އެ ކުންފުނީގެ ކޮންޓެކްޓް ސެންޓަރުގެ ޚިދުމަތް24 ގަޑިއިރަށް މިއަދު ބަދަލުވެގެން ދިޔައިރު މިއީ ސްޓެލްކޯގެ ޚިދުމަތް ފުޅާކޮށް ސްޓެލްކޯއިން ދެމުންދާ ޚިދުމަތްތަކަކީ ޒަމާނާ އެއްހަމަ ފައިހަމަ ކުރާ ޚިދުމަތްތަކަކަށް ހެދުމަށް ކުރައްވާ މަސައްކަތްށް އިތުރުކުރެވުނު ބޮޅެއް ކަމަށެވެ.

އަދި މި ޚިދުމަތް ވެގެންދާނީ ރައްޔިތުން ސްޓެލްކޯއަށް ކުރައްވާ އިތުބާރު އިތުރުވެ، ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމުގައި އެޅިގެންދާ ކާމިޔާބު ފިޔަވަޅެއް ކަމުގައި ވެސް ފަހުމީ ފާހަގަކުރެއެްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް