ކުރީ ސަރުކާރުތަކުން އިތުރަށް ޗާޕުކޮށްފައިވާ ފައިިސާތަށް މާކެޓުން ނެގުމަށް ނިންމަވާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮޕޯރިޓީއިން ބުނެފިއެެވެ.
އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު ވިދާޅުވީ، ބޭންކިން ނިޒާމަށް އިތުރުވެފައިވާ ދިވެހިރުފިޔާ މަދުކުރުމަށް އޯޕަން މާކެޓް އޮޕަރޭޝަނެއް މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައު ފެށުމަށް ނިންމަވާފައިވާ ކަމަށެވެ.
ފައިސާ އިތުރަށް ޗާޕްކުރުމުގެ ސަބަބުން އިގްތިސާދުގެ ތެރޭގައި ދައުރުވާންޖެހޭ ފައިސާގެ އިތުރަށް ފައިސާ ހުރުމުން އެ ފައިސާތައް ނެގުމަށް އެމްއެމްއޭގެ ބޯޑުންވެސް ރުހުން ދީފައިވާ ކަމަށް އެމްއެމްއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.
މި ނިންމެވުމާއި އެކު ސަރުކާރަށް ދަތިތަކެއް ހުންނާނެކަން ފާހަގަކުރައްވާ ގަވަރުނަރު ވިދާޅުވީ މާކެޓް އޮޕަރޭޝަނުގެ ސަބަބުން ކޭޝްފޮލޯ ހަމަޖެއްސުމަށް ދަތިތަކަކާއި ކުރިމަތިވެދާނެ ކަމަށެވެ.
ކުރީ ސަރުކާރުތަކުން އަށް ބިލިއަނަށް ވުރެން ގިނަ ފައިސާ އިތުރަށް ޗާޕްކޮށްފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
އެގޮތުން ގަވަރުނަރު ވިދާޅުވީ، އިތުރަށް ޗާޕްކޮށްފައިވާ ފައިިސާގެ ތެރެއިން ހަ ބިލިއަން ނުވަތަ ފަސް ބިލިއަން ރިފުޔާ ނަގާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް