ނޭޕާލުގައި ފެންބޮޑުވުމުގެ ސަބަބުން ގިނަ ބަޔަކު މަރުވުމުގެ ހިތާމައިގައި ރައީސް ހަމްދަރުދީ މެސެޖެއް ފޮނުވައިފި

ނޭޕާލުގައި ފެންބޮޑުވުމުގެ ހާދިސާތަޖެއް ހިނގާ ގިނަ ބަޔަކު މަރުވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްުޔާ ޑރ މުހައްމަދު މުއިއްޒު އެ ގައުމުގެ ބޮޑުވަޒީރު، ކޭޕީ ޝަރުމާ އޯލީއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފ...

01 Oct 2024 | 14:21

ނޭޕާލުގައި ފެންބޮޑުވުމުގެ ހާދިސާތަޖެއް ހިނގާ ގިނަ ބަޔަކު މަރުވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްުޔާ ޑރ މުހައްމަދު މުއިއްޒު އެ ގައުމުގެ ބޮޑުވަޒީރު، ކޭޕީ ޝަރުމާ އޯލީއަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވީ، ނޭޕާލުގައި ބިންގަނޑު ކަނޑައިގެން ގޮސް ފެންބޮޑުވުމުގެ ހާދިސާ އަޑުއައްސަވާފައިި އެކަމާއި ހިތާމަ ކުރައްވާކަމަށެވެ. އަދި މި ހާދިސާގައި އެތައް ބައެއްގެ ފުރާނަ ގޮސް، އަނިޔާތަކެއް ލިބިފައިވާތީ އެކަމުގައި ހިތުގެ އެންމެ ފުންމިނުން ހަމްދަރުދީގެ އެހިތާމައިގައި ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

އެ ހާދިސާގައި އަނިޔާވި ފަރާތްތަކާއ،ި ގެއްލުން ލިބުނު ފަރާތްތަކަށް ރައީސް ވަނީ ހެޔޮ ދުޢާ ކުރައްވާ ، އަވައްޓެރި ނޭޕާލަށް ދިމާވެފައިވާ ދަތި ހާލަތުގައި ނޭޕާލާއި އެކު ރާއްޖެ ވާކަން ފާހަގަކުރައްވާފައެވެ.

ނޭޕާލަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވުމުގެ ސަބަބުން150 އަށް ވުރެ ގިނަ އަދަދަކަށް މީހުން މަރުވެފައިވާ ކަމަށް ނޭޕާލުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް