ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުން ހުއްޓާލަން އެމްއެންޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަނީ

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީޓަކަށް ދޭ ފައިސާ ކަނޑާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެ ޕާޓީގެ ހިންގާ ކައުންސިލުން ފާސްކޮށްފިއެވެ. މިދިޔަ ހަފްތާގައި ބޭއްވި ކައުންސިލް ބައްދަލުވުމަށް އެ ހުށަހ...

01 Oct 2024 | 13:22

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީޓަކަށް ދޭ ފައިސާ ކަނޑާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެ ޕާޓީގެ ހިންގާ ކައުންސިލުން ފާސްކޮށްފިއެވެ.

މިދިޔަ ހަފްތާގައި ބޭއްވި ކައުންސިލް ބައްދަލުވުމަށް އެ ހުށަހެޅުން ހުށަހަޅާފައިވަނީ އެ ޕާޓީގެ ހުޅުމާލެ އުތުރު ދާއިރާގެ ރައީސް މުހައްމަދު ސުހައިލެވެ.

ސުހައިލް ހުށަހެޅި އެ ހުށަހެޅުމަށް އެ ކައުންސިލުން ކުރި މަޝްވަރާގައި ފާހަގަކޮށްފައިވަނީ ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުނު އިރު ޑިމޮކްރަސީ ކުރިއެރުވުމަށް ދައުލަތުން ޕާޓީތަކަށް މާލީ އެއްބާރުލުން ދީގެން ޑިމޮކްރަސީ ފައްކާކުރުމަށް ކުރި މަސައްކަތަކީ ރަނގަޅު މަސައްކަތެއް ކަމަށާއި އެހެން ނަމަވެސް މިހާރު މިކަމަށް 15 އަހަރު ވެފައިވާއިރު ދައުލަތުގެ މާލީ ހާލަތު އޮތް ގޮތުންނާއި ރާއްޖެއިން ބޭރުގެ ގިނަ ގައުމުތަކުގައިވެސް އަމަލުކުރަމުން އަންނަ އުސޫލުން ސިޔާސީ ޕާޓީތަކަކީ އެ ޕާޓީގެ ސަޕޯޓަރުންގެ މަދަދާއިއެކު ހިންގާ ޕާޓީތަކަކަށް ރާއްޖޭގެ ސިޔާސީ ޕާޓީޓައް މިސްރާބު ޖަހަންވީ ވަގުތު ކަމަށް ދެކޭ ކަމަށެވެ.

އެމްއެންޕީން މިފަދަ ނިންމުމެއް ނިންމައި މިފަދަ ހުށަހެޅުމެއް މަޖިލީހުގެ ތަޅުމަށް ހުށަހަޅަން ނިންމާފައިވާއިރު މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ދައުލަތުން ސިޔާސީ ޕާޓީތަކަށް 44 މިލިޔަން ރުފިޔާ ދޫކޮށްފައިވެއެވެ. އެއީ ދަފްތަރުގައިވާ ސިޔާސީ 10 ޕާޓީގެ ތެރެއިން ޝަރުތު ހަމަވާ ހަ ޕާޓީއަށެވެ.

އެ ޕާޓީތަކަކީ އެމްޑީޕީ، ޕީޕީއެމް، ޖޭޕީ، އެމްޑީއޭ، ޕީއެންސީ އަދި އަދާލަތު ޕާޓީއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް