ވިލިމާލެ އެފްކޯންސް ސައިޓްގައި ޒަޚަމްތަކަކާއެކު އޮއްވާ ފެނުނު މީހަކު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ފުލުހުން ބުނެފިއެވެ.
އެގޮތުން ފުލުހުން މިއަދު ބުނީ ޒަޚަމްތަކަކާއެކު އޮތް މީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް މިއަދު ފަތިހުގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
"އައިޖީއެމްއެޗް އަށް ގެންދިޔައިރުވެސް މީހާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނި އެމީހާއަކީ ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރާ އެފްކޯންސް މުވައްޒަފެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް