ނައިފަރުން އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގައި ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
އެގޮތުން ފުލުހުން މިރޭ ބުނެފައިވަނީ ޅ. ނައިފަރު / ސީނިޔާގެ، ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް (13އ) އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާތީ ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުން ކަމަށެވެ.
"ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލް އެންމެ ފަހުން ފެނިފައިވަނީ ސެޕްޓެމްބަރ 28 ވަނަ ދުވަހު ހަވީރު ނައިފަރުން ކަމާ އޭރު ލައިގެންހުރީ މުށިކުލައިގެ ޓޮޕަކާއި މަޑުނޫކުލައިގެ ޖީންސެއް ކަމާއި އަރައިގެން ހުރީ ކަޅުކުލައިގެ ފައިވާނަކަށް ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވޭ" ފުލުހުން ބުނެފައިވެއެވެ.
ޚަދީޖަތު މައިސަރާ އަބޫބަކުރު ފައިސަލްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ނައިފަރު ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792187 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް