ޑރ. މުހައްމަދު މުއިއްޒު ފަދަ ތަޢުލީމާއި ތަޖުރިބާކާރު ބޭފުޅަކު މާތް ﷲ އިޚްރިޔާރު ކޮށްދެއްވި ކަމަކީ މިފަދަ މުހިއްމު ވަގުތެއްގައި މިޤައުމަށް އެކަލާނގެ ލެއްވި މަތިވެރި ނިޢުމަތަކާއި ރަޙްމަތެއް ކަމުގައި އިލްމުވެރިންގެ ޖަމިއްޔާއިން ދެކޭ ކަމަށް ބުނެފިއެވެ.
އިލްމުވެރިންގެ ޖަމިއްޔާ އިން ބުނެފައިވާ ގޮތުގައި މިވަގުތަކީ އެންމެހާ ރައްޔިތުން ހިތްތައް ސާފުކޮށް ބަދަހިކަމާ އެކު ތެދުވެ، ޤައުމު މިއޮތް ޙާލަތުން ނަގައި ވެރިންގެ ގޮތުގައި މާތް ﷲ ޚިޔާރުކޮށްދެއްވާފައިވާ ފަރާތްތަކާ އެކުގައި ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ވަގުތު ކަމަށެވެ.
ވީމާ، ފަރުދީ މަޞްލަތުތައް އެއްފަރާތްކޮށް، ދީނާއި ޤައުމުގެ ޢާންމު މަޞްލަޙަތުތައް އިސްކުރުމަށާއި، ރައްޔިތުން ބައިބައިކުރުމަށް ޝައިތާނާ ޖަހާ މަޅިތަކުން ރައްކާތެރިވެ ތިއްބެވުމަށް އިލްމުވެރިންގެ ޖަމިއްޔާއިން ނަސޭހަތްތެރިވެފައިވެއެވެ.
މީގެ އިތުރަށް، އެ ޖަމިއްޔާއިން ބުނެފައި ވަނީ، އެ ޖަމިއްޔާގެ އިޚްލާޞްތެރި ދުޢާއަކީ، ލޮބުވެތި އެންމެހައި ރައްޔިތުންނަށާއި ދިވެހި މުޖުތަމަޢަށް އިސްލާމީ ހިޔާވަހިކަމުގެ ދަށުގައި މިނިވަނ ފާގަތި ދިރިއުޅުމެއް މިންވަރު ކުރައްވައި އާޚިރަތުގެ ބާއްޖަވެރިކަމަށް ހެޔޮ ތައުުފީޤު ދެއްވުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް