ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިންސްގެ 5 ބޯޓެއް އިންޖީނު ހުއްޓިގެން ގްރައުންޑްކޮށްފި

ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ގެ ފަސް މަތިންދާ ބޯޓެއް އިންޖީނު ހުއްޓިގެން ގްރައުންޑް ކުރުމުން ޕީއައިއޭގެ ހިދުމަތަށް ބުރޫ އަރައިފިއެވެ. މިކަމާ ގުޅިގެން ޕީއައިއޭ އިން އެތެރޭގެ އުދުހު...

01 Oct 2023 | 16:22

ޕާކިސްތާނު އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ގެ ފަސް މަތިންދާ ބޯޓެއް އިންޖީނު ހުއްޓިގެން ގްރައުންޑް ކުރުމުން ޕީއައިއޭގެ ހިދުމަތަށް ބުރޫ އަރައިފިއެވެ.

މިކަމާ ގުޅިގެން ޕީއައިއޭ އިން އެތެރޭގެ އުދުހުންތަކާއި ބައިނަލްއަގުވާމީ ގިނަ ފްލައިޓްތަކެއް ކެންސަލްކޮށްފައިވާ ކަމަށް އޭއާރުވައި ނިއުސް އިން ބުރާސްފަތި ދުވަހު ވަނީ ބުނެފަ އެވެ.

ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ގެ ފްލައިޓް ދަތުރުތައް މެދުކެނޑިފައި ވަނީ ބޯއިން 777 މަރުކާގެ ފަސް މަތިންދާބޯޓެއް އިންޖީނު މައްސަލަ ޖެހިގެން ގްރައުންޑް ކުރުމުން ކަމަށް އޭއާރުވައި ނިއުސް އިން ހޮނިހިރު ދުވަހު ރިޕޯޓްކޮށްފައިވާއިރު، ފްލީޓްގައި ދާއިމީ ކޮށް ގްރައުންޑް ކޮށްފައިވާ ދެ މަތިންދާ ބޯޓު ވެސް ހިމެނޭ ކަމަށް އޭއާރުވައި ނިއުސް އިން ވަނީ ބުނެފަ އެވެ.

އޭއާރްވައި ނިއުސް އިން ބުނި ގޮތުގައި 12 މަތިންދާބޯޓުގެ ތެރެއިން ޖުމްލަ 7 މަތިންދާ ބޯޓު މިހާރު އޮޕަރޭޓް ކުރަމުން އަންނައިރު، އަނެއް މަތިންދާބޯޓު ޖިއްދާގައި އޮތީ ދަތުރު ނުކުރެވޭ ހާލަތުގަ އެވެ. ގައުމީ އެއާލައިންގެ މަތިންދާބޯޓުތައް ބެލެހެއްޓުމަށް 60 މިލިއަން ޑޮލަރު ބޭނުންވެ އެވެ.

ޕާކިސްތާނުގެ ވަގުތީ ބޮޑުވަޒީރު އަންވަރުލް ހައްގު ކަކަރް ވަނީ ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ގައުމީ އެއާލައިންގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި ޕީއައިއޭގެ ޕްރައިވެޓައިޒޭޝަން މަރުހަލާ އަވަސް ކުރުމަށް ޕްރައިވެޓައިޒޭޝަން މިނިސްޓަރު ފަވާދު ހަސަން ފަވާދަށް އަންގަވާފަ އެވެ.

ޕާކިސްތާން ސްޓޭޓް އޮއިލް (ޕީއެސްއޯ) އަށް މާލީ ދަތިތަކާއި ބިލްތައް ނުދެއްކުމުގެ ސަބަބުން ޕީއައިއޭ އިން މީގެ ކުރިން ވަނީ އެތެރޭގެ އަދި ބައިނަލްއަގުވާމީ ރޫޓުތައް ހިމެނޭ ގޮތަށް ގިނަ ފްލައިޓްތަކެއް ކެންސަލްކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް