މާލޭ މީހުންނަށް ދޫކުރާ ގޯތީގެ ރަޖިސްޓްރީ ހަވާލުކުރާ ތަން ބަދަލު ކޮށްފި

މާލޭ މީހުންނަށް ދޫކުރާ ގޯތީގެ ރަޖިސްޓްރީ ހަވާލުކުރާ ތަން ބަދަލު ކޮށްފިއެވެ ހައުސިންގް މިނިސްޓްރީން ބުނީ، އަންގާރަ ދުވަހުން ފެށިގެން، މާލޭ ރައްޔިތުންނަށް ގޯތި ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ދާނީ ކ...

01 Oct 2023 | 16:19

މާލޭ މީހުންނަށް ދޫކުރާ ގޯތީގެ ރަޖިސްޓްރީ ހަވާލުކުރާ ތަން ބަދަލު ކޮށްފިއެވެ

ހައުސިންގް މިނިސްޓްރީން ބުނީ، އަންގާރަ ދުވަހުން ފެށިގެން، މާލޭ ރައްޔިތުންނަށް ގޯތި ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށް ދާނީ ކުރީގެ ސީއެޗްއެސްސީ އިމާރާތުގައި ކަމަށެވެ.

ކުރިން ގޯތީގެ ރަޖިސްޓްރީ ހަވާލު ކުރަމުން ދިޔައީ ހުޅުމާލޭ ސިންތަޓިކް ޓްރެކުގައެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން 18،955 ފަރާތަކަށް ޝަރުތު ހަމަވެފައިވާއިރު އެ ފަރާތްތަކުގެ ގުރުއަތު ވަނީ ނަގާ ނިންމާފައެވެ.

ސަރުކާރުން ދޫކުރާ ގޯތިތަކުގެ ތެރެއިން 1000 ގޯތި ދޭނީ ހުޅުމާލެއިންނެވެ. އަދި ގުޅީފަޅުން 2000 ގޯތި ދިނުމަށް ހަމަޖެހިފައި ވާއިރު، ގިރާވަރުފަޅު ހިއްކައިގެން 2000 ގޯތި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޕްލޭނިންގް މިނިސްޓްރީން ބުނީ، މިވަގުތުގޯތި ނުދެވޭނީ ހަމައެކަނި 684 މީހަކަށް ކަމަށެވެ. އެއީ މިވަގުތު ލިބިފައިވާ ބިމުން އެންމެންނަށް ގޯތި ނުދެވޭނެތީ ކަމަށެވެ. އެހެންކަމުން އިތުރަށް ގޯތި ލިބުމުން އެ 684 މީހުންނަށް ގޯތި ދޭނީ ކަ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް