އިންޑިއާ-މެދުއިރުމަތީ-ޔޫރަޕް ކޮރިޑޯ ބައިނަލްއަގުވާމީ އެއްބާރުލުމަށް އާ މަގެއް

އިންޑިއާ-މިޑްލް އީސްޓް-ޔޫރަޕް ކޮރިޑޯ (އައިއެމްއީސީ) ރަމްޒުކޮށްދެނީ ހަމައެކަނި ވިޔަފާރީގެ މަގަކަށް ނޫނެވެ. މިއީ އިންޑިއާގެ ޖިއޮޕޮލިޓިކަލް ނުފޫޒު އިތުރުކޮށް، ދުނިޔޭގެ ސިޔާސީ މައިދާނުގައި މިހާރަށްވުރެ ހަ...

01 Oct 2023 | 16:06

އިންޑިއާ-މިޑްލް އީސްޓް-ޔޫރަޕް ކޮރިޑޯ (އައިއެމްއީސީ) ރަމްޒުކޮށްދެނީ ހަމައެކަނި ވިޔަފާރީގެ މަގަކަށް ނޫނެވެ. މިއީ އިންޑިއާގެ ޖިއޮޕޮލިޓިކަލް ނުފޫޒު އިތުރުކޮށް، ދުނިޔޭގެ ސިޔާސީ މައިދާނުގައި މިހާރަށްވުރެ ހަރުދަނާ ދައުރެއް އަދާކުރުމަށް އިންޑިއާއިން އެޅި ސްޓްރެޓެޖިކް ފިޔަވަޅެކެވެ.

އައިއެމްއީސީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިންޑިއާ، އެމެރިކާ، ސައުދީ އަރަބިއްޔާ، ޔޫއޭއީ، ޔޫރަޕިއަން ޔޫނިއަން، އިޓަލީ، ފްރާންސް އަދި ޖަރުމަނުންނެވެ. އެއީ އިންޑިއާގެ މުންދުރާ ބަނދަރު އެކި މަންޒިލްތަކާ ގުޅުވައިދޭ އީސްޓް ކޮރިޑޯ އާއި އިޒްރޭލުގެ ބަނދަރުތަކާއި ޔޫރަޕާ ގުޅުވައިދޭ ވެސްޓް ކޮރިޑޯ އެވެ.

މީގެ އިތުރުން ހަކަތައިގެ ރައްކާތެރިކަމާއި،ރެޒިލިއަންޓް ސަޕްލައި ޗެއިންތަކާއި، އިގްތިސާދީ ކުރިއެރުމާއި އިންޑިއާގެ ގައުމީ ސަލާމަތުގެ ގޮތުން ވެސް ފައިދާތަކެއް ލިބޭނެ ކަމަށް އައިއެމްއީސީން ވަނީ ބުނެފަ އެވެ. މީގެ އިތުރުން، ދުނިޔޭގެ މައިދާނުގައި ތިމާވެށީގެ ޒިންމާދާރު އެކްޓަރެއްގެ ގޮތުގައި އިންޑިއާގެ ޝަރަފު އިތުރުކޮށް، ތިމާވެށީގެ ލަނޑުދަނޑިތަކާ އެއްގޮތްވާނެ އެވެ.

އައި.އެމް.އީ.ސީ މެދުވެރިކޮށް އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމުގެ ސަބަބުން އިންކްލޫސިވިޓީ އިތުރުވެ، ތަފާތުކުރުންތައް ކުޑަވެ، އިންޑިޔާގެ ވިޔަފާރިތަކަށް ބައިނަލްއަޤްވާމީ މަޝްރޫޢުތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިވެ، އިންޑިޔާގެ ނުފޫޒާއި އިޤްތިޞާދީ ވަސީލަތްތައް ފުޅާވެގެންދާނެއެވެ. އިޤްތިޞާދީ އެއްބާރުލުމާއި، ބައިނަލްއަޤްވާމީ ގުޅުން ބަދަހިކޮށް، މެދުއިރުމަތީގެ ސަރަޙައްދީ ހަމަޖެހުމާއި ސުލްހައަށް އެހީތެރިވުމުގެ ފުރުޞަތު ފަހިވެގެންދާނެ އެވެ.

ހާއްސަކޮށް ޖީ-7 ގެ މެމްބަރު ގައުމެއް ކަމަށްވާ އިޓަލީން ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްއާ ދުރުވާން ޝައުގުވެރިކަން ފާޅުކުރާއިރު، މި ކޮރިޑޯއަކީ އިންޑިއާގެ ޖީ-20 ލީޑާޝިޕްގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. އައިއެމްއީސީއަކީ އިންޑިއާ އާއި މެދުއިރުމައްޗާއި ޔޫރަޕް ގުޅުވައިދޭ މަލްޓިނޭޝަނަލް ރޭލް އެންޑް ޝިޕިން ޕްރޮޖެކްޓެކެވެ.

އިންޑިއާ-މިޑްލް އީސްޓް-ޔޫރަޕް ކޮރިޑޯ (އައިއެމްއީސީ) ގެ ސަބަބުން އިރްކޯން، އައިއާރްއެފްސީ އަދި އާރްވީއެންއެލް ފަދަ ރޭލްވޭ ކުންފުނިތަކަށް ބިލިއަން ރުފިޔާގެ ބޮޑެތި ކޮންޓްރެކްޓްތަކެއް އަންނާނެ ކަމަށް ބެލެވެ އެވެ. މާސް ރެޕިޑް ޓްރާންސިޓް ސިސްޓަމްތައް ހެދުމުގެ މާހިރުކަން ލިބިފައިވާ އިރްކޯން އިންޓަނޭޝަނަލް އަކީ އިތިއޯޕިއާ އާއި މޮޒަމްބިކް ފަދަ ގައުމުތަކުގައި ހިންގަމުން އަންނަ ކުންފުންޏެކެވެ. އައިއާރްއެފްސީން ރޭލްވޭ ފައިނޭންސިން ބަލަހައްޓަމުން އަންނައިރު، އާރްވީއެންއެލް އިން އިންފްރާސްޓްރަކްޗާއާ ގުޅުން ހުރި މަޝްރޫއުތައް ބަލަހައްޓަ އެވެ.

އައި.އެމް.އީ.ސީ.ގެ ފަރާތުން އިޤްތިޞާދީ ޕާޓްނަރޝިޕްތަކާއި، ދެޤައުމުގެ މެދުގައި އޮންނަ އިތުބާރު ވަރަށް ބޮޑަށް އިތުރުކޮށް، ހަމަނުޖެހުންތައް ހިނގަމުންދާ ސަރަޙައްދުތަކުގައި ޞުލްޙަމަސަލަސްކަމާއި ކުރިއެރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މިކަމުގެ ސަބަބުން ކަނެކްޓިވިޓީ ވަރަށް ބޮޑަށް ރަނގަޅުވެ، ކޮރިޑޯގެ އުމްރާނީ ތަރައްގީއަށް މަގުފަހިވެގެންދާނެ އެވެ.

އަޕްގްރޭޑް ކުރެވިފައިވާ އިންފްރާސްޓްރަކްޗަރގެ ސަބަބުން އިޤްތިޞާދީ ކުރިއެރުމަށް ބާރުއެޅުމާއި، އިޤްތިޞާދީ ޙަރަކާތްތަކުގެ މަރުކަޒަކަށް މި ސަރަޙައްދު ބަދަލުވާނެ ކަމަށް ބެލެވެއެވެ. މި އެއްބަސްވުމުގެ ސަބަބުން މި ސަރަހައްދުގެ ދަށް އަދި މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކަށް ފައިދާވެ، ދުނިޔޭގެ ވިޔަފާރީގެ މައިދާނުގައި އެ ގައުމުތަކަށް މިހާރަށް ވުރެ މުހިންމު ދައުރެއް އަދާކުރުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ.

އައި.އެމް.އީ.ސީގެ އަމާޒަކީ މުދަލާއި ޚިދުމަތުގެ ބޯޑަރު ހުރަސްކޮށް ދަތުރުކުރެވޭނެ އިތުބާރު ހިފޭ އަދި ޚަރަދު ކުޑަ އުޅަނދުފަހަރަށް ޓްރާންސިޓް ސިސްޓަމެއް ޤާއިމުކުރުމެވެ. މީގެ ސަބަބުން ސުއޭޒް ކެނަލް، ނޯތު ސައުތު ޓްރާންސްޕޯޓް ކޮރިޑޯ އަދި ޗައިނާގެ ސިލްކް ލައިންފަދަ މެރިޓައިމް އަދި ރޭލް ރޯޑް ޓްރާންސްޕޯޓް ރޫޓްތައް ފުރިހަމަކޮށް، އިންޑިއާ، ޔޫއޭއީ، ސައުދީ އަރަބިއްޔާ، އުރުދުން، އިސްރާއީލް އަދި ޔޫރަޕާ ދެމެދު ހުއްޓުމެއް ނެތި ދަތުރުފަތުރު ކުރެވޭނެ މަގު ފަހިވެގެންދާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް