މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ހީލަތްތެރި އިސްލާހެއް !

ނިޒާމު ބަދަލު ކުރަން ރައްޔިތުންގެ ވޯޓަކަށް ކުރިން އަހާފައި ވާނަމަ، އަލުން އެހުމުގެ ބަދަލުގައި މަޖިލީހުގައި ނަގާ ވޯޓަކުން ނިޒާމު ބަދަލު ކުރެވޭގޮތަށް ގާނޫނަށް އިސްލާހު ގެންނަން މާދަމާ މަޖިލީހަށް ހުށަހަޅ...

01 Oct 2023 | 16:04

ނިޒާމު ބަދަލު ކުރަން ރައްޔިތުންގެ ވޯޓަކަށް ކުރިން އަހާފައި ވާނަމަ، އަލުން އެހުމުގެ ބަދަލުގައި މަޖިލީހުގައި ނަގާ ވޯޓަކުން ނިޒާމު ބަދަލު ކުރެވޭގޮތަށް ގާނޫނަށް އިސްލާހު ގެންނަން މާދަމާ މަޖިލީހަށް ހުށަހަޅަން ޑިމޮކްރެޓްސްއިން ނިންމައިފިއެވެ.

މާދަމާއަކީ ރަސްމީ ބަންދު ދުވަހެއް ނަމަވެސް، ރައްޔިތުންގެ މަޖިލީހަށް ރަސްމީ ދުވަހެއް ކަމަށާއި މިހާރު އާންމުކޮށްފައިވާ އެޖެންޑާއާ އެއްގޮތަށް މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނާނެ ކަމަށް މަޖިލިސް އިދާރާއިން ބުނެފައިވެއެވެ.

މާދަމާގެ އެޖެންޑާގެ ފަސް ވަނަ ނަންބަރަކަށް އޮތީ، މަޖިލީހަށް ތައާރަފް ކުރަން ޖެހޭ ބިލެއް ހުށަހެޅުމެވެ. އެއީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމެވެ.

އެ އިސްލާހުގައި ވަނީ، ރައްޔިތުންނާ ގުޅޭ މުހިންމު ކަމެއްގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓެއް ނަގާފައިވާ ކަމެއް ހިމެނޭނަމަ، ނުވަތަ އެކަމަކާ ގުޅިގެން އިތުރު އިސްލާހެއް ގެނެސްފައި ވާނަމަ، އެ ބިލަކަށް ރައްޔިތުންގެ ރުހުން އޮތްތޯ ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓެއް ނެގުމެއް ނޯންނާނެ ކަމަށެވެ.

އެއީ ގާނޫނު އަސާސީގެ 262 ވަނަ މާއްދާގެ ށ ގެ ފަހަތަށް އިތުރުކުރާ ބައެއްގެ ގޮތުގައި އެ އިސްލާހުގައި ވެއެވެ

ރާއްޖޭގައި އޮތް ވެރިކަން ކުރާ ނިޒާމު ރިޔާސީއިން ބަރުލަމާނީއަށް ބަދަލު ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު 'ފޫގަޅާލާފައި' ވާއިރު، މިއަދު އެމަނިކުފާނު ވިދާޅުވެފައި ވަނީ، އެމްޑީޕީ ގައުމީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މީހުންގެ ތާއިދު  އޮތް ނަމަ، އަލުން އެމްޑީޕީއާ ގުޅެން ތައްޔާރަށް ހުންނެވި ކަމަށެވެ.

ނަމަވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުން އެކަމާ ދެކޮޅު ހައްދަވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް