ބޮޑުވަޒީރު ޕުޝްޕާ ކަމަލް ދަހަލް ޕްރަޗަންޑާ ދާދި ފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން "ވަން ޗައިނާ ޕޮލިސީ" އާއި "ވަން ޗައިނާ ޕްރިންސިޕަލް" އާ މެދު ނޭޕާލުން ގެންގުޅޭ ސްޓޭންޑާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.
މި ދަތުރުފުޅުގައި ނެރުއްވި ޖޮއިންޓް ސްޓޭޓްމަންޓްގައި މި ދެ ޝަރުތު ވެސް ހިމަނާފައިވާއިރު، ނޭޕާލުގެ މަގާމަށް ބަދަލެއް އަންނާނެ ކަމުގެ އިޝާރާތެއް ވަނީ ދީފަ އެވެ. މީގެ ކުރިން ނޭޕާލުން އަބަދުވެސް ޗައިނާއާއެކު ނެރުނު ބަޔާނާއި ޖޮއިންޓް މެސެޖްތަކުގައި "ވަން ޗައިނާ ޕޮލިސީ" އަށް އިޝާރާތް ކޮށްފައިވެ އެވެ.
ނަމަވެސް ޕްރަޗަންޑާގެ ދަތުރުފުޅުގައި ނެރުނު ޖޮއިންޓް ސްޓޭޓްމަންޓުގައި "ޕޮލިސީ" ގެ ބަދަލުގައި "ޕްރިންސިޕަލް" ޖަހާފައިވެ އެވެ. މި ބަދަލު ގެނައީ ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލުކުރެއްވުމަށް ފަހު އެވެ.
ޗައިނާގައި ހުންނެވި އިރު ޕްރަޗަންޑާ ވަނީ އެއް ޗައިނާ ސިޔާސަތަށް ނޭޕާލުން ވައުދުވެފައިވާކަން ތަކުރާރުކުރައްވާފައެވެ. އެނބުރި ވަޑައިގަތުމަށްފަހު ޕްރަޗަންޑާގެ ޕްރެސް ނޯޓުގައި އެއް ފަހަރު "ވަން ޗައިނާ ޕޮލިސީ" ގެ ވާހަކަ ހިމަނާފައިވީ ނަމަވެސް "ވަން ޗައިނާ ޕްރިންސިޕަލް" އަށް އިޝާރާތެއް ކޮށްފައެއް ނުވެ އެވެ.
ޗައިނާގެ ބޮޑުވަޒީރު ޕްރަޗަންޑާ އާއި ޗައިނާގެ ބޮޑުވަޒީރު ލީ ކިއާންގް ވަނީ "ވަން ޗައިނާ ޕްރިންސިޕަލް" އަށް އިޝާރާތް ކުރައްވައި، އެކަމަށް ނޭޕާލުން އަހައްމިއްޔަތުކަން ދެއްވާނެ ކަން ކަށަވަރުކޮށްދީފަ އެވެ.
ނޭޕާލުން ވަނީ ޗައިނާގެ އިސްތިގުލާލަށް ތާއީދުކުރާކަން ހާމަކޮށް ޗައިނާއާ ދެކޮޅަށް ހިންގާ ހަރަކާތްތަކަށް އެގައުމުގެ ބިން ބޭނުން ކުރުމުގެ ފުރުސަތު ނުދޭނެ ކަމަށް ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް