ނައިފަރުގެ ބައެއް ސަރަޙައްދުތަކުގައި ފެން ބޮޑުވެގެން އެމްއެންޑީއެފް އިން ހަރަކާތްތެރިވެއްޖެ

ޅ.ނައިފަރަށް ބޯކޮށް ވާރޭވެހި، އެ ރަށުގެ ބައެއް ސަރަޙައްދުތަކުގައި ފެން ބޮޑުވެގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ.ނައިފަރު ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވެއްޖެއެވެ. ނައިފަރަށް ބޯކޮށް ...

01 Oct 2023 | 15:49

ޅ.ނައިފަރަށް ބޯކޮށް ވާރޭވެހި، އެ ރަށުގެ ބައެއް ސަރަޙައްދުތަކުގައި ފެން ބޮޑުވެގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ޅ.ނައިފަރު ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވެއްޖެއެވެ.

ނައިފަރަށް ބޯކޮށް ވާރޭވެހި އެ ރަށު ބައެއް މަގުތަކުގައި ފެން ބޮޑުވެގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑަށް ލިބިފައިވަނީ މިއަދު 09:50 ހާއިރު ކަމަށް އެ ޙިދުމަތުން ބުނެފައިވެއެވެ.

އެގޮތުން އެމްއެންޑީއެފް އިން ބުނެފައިވާ ގޮތުގައި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު ނައިފަރު ފަޔަރ ސްޓޭޝަންގެ ސިފައިން ވަނީ ހެނދުނުން ފެށިގެން ޕަމްޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ކޮށްފައެވެ.

އަދި އެ ރަށުގެ ފަޔަރ ސްޓޭޝަންގެ ސިފައިން ކުރި މަސައްކަތުން، އެރަށުގެ އެކި ސަރަހައްދުތަކުގައި ބޮޑުވެފައިވާ ފެންގަނޑުތައް ހިއްކައި މިހާރު ވަނީ އާންމު ހާލަތަކަށް ގެނެވިފައި ކަމަށް އެމްއެންޑީއެފް އިން ހާމަކުރައްވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް