ސްލޮވާކިއާގެ ޕޮޕިއުލިސްޓް ޕާޓީއިން އެގައުމުގެ އިންތިޚާބު ކާމިޔާބު ކޮށްފި

ޔޫކްރެއިންއަށް ދޭ އަސްކަރީ އެހީ ހުއްޓާލުމަށް ވަކާލާތުކޮށް އީޔޫ އާއި ނޭޓޯއަށް ފާޑުކިޔަމުން އަންނަ ކުރީގެ ބޮޑުވަޒީރު ރޮބަޓް ފިކޯ އިސްވެ ހުންނަވާ ޕޮޕިއުލިސްޓް ޕާޓީން ސްލޮވާކިއާގެ ދާދި ފަހުން ބޭއްވި އިންތ...

01 Oct 2023 | 15:47

ޔޫކްރެއިންއަށް ދޭ އަސްކަރީ އެހީ ހުއްޓާލުމަށް ވަކާލާތުކޮށް އީޔޫ އާއި ނޭޓޯއަށް ފާޑުކިޔަމުން އަންނަ ކުރީގެ ބޮޑުވަޒީރު ރޮބަޓް ފިކޯ އިސްވެ ހުންނަވާ ޕޮޕިއުލިސްޓް ޕާޓީން ސްލޮވާކިއާގެ ދާދި ފަހުން ބޭއްވި އިންތިހާބު ކާމިޔާބުކޮށްފި އެވެ.

އެސްއެމްއީއާރު-އެސްއެސްޑީ ޕާޓީއަށް 23.3 އިންސައްތަ ވޯޓު ލިބުނީ 17 އިންސައްތަ ލިބުނު ސެންޓްރިސްޓް ޕްރޮގްރެސިވް ސްލޮވާކިއާ ޕާޓީ ފަހަތަށް ޖައްސާލައިގެންނެވެ.

މި އިންތިޚާބަކީ ޔޫކްރެއިން އާއި ރަޝިއާއާ ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކާ މެދު ސްލޮވާކިއާއިން ދެކޭ ގޮތް ދައްކުވައިދޭ އިންތިހާބެއް ކަމަށް ބެލެވެ އެވެ.

އުމުރުން 59 އަހަރުގެ ފިކޯ އިން ވަނީ ޔޫކްރޭނަށް އަސްކަރީ އެއްވެސް ސާމާނެއް ނުފޮނުވުމަށް ވައުދުވެ، ރަޝިއާއާ ގުޅުން ބަދަހި ކުރުމަށް ގޮވާލާފަ އެވެ.

ސްލޮވާކިއާއަކީ މިދިޔަ ފެބްރުއަރީ މަހު ރަޝިއާއިން ޔޫކްރެއިންއަށް އަރައިގަތް ފަހުން ރެފިއުޖީންނަށް އެހީތެރިކަމާއި ބޯހިޔާވަހިކަން ފޯރުކޮށްދެމުން އަންނަ ގައުމެކެވެ.

އެއްވެސް ޕާޓީއަކަށް ސީދާ އަޣުލަބިއްޔަތެއް ނުލިބުމުން، ކޯލިޝަން އުފެއްދުމަކީ ވަރަށް މުހިންމު ކަމަކަށް ވާނެ ކަމަށާއި، އޭގެ ތެރޭގައި ކުދި ގިނަ ޕާޓީތަކެއް ވެސް ހިމެނޭނެ ކަމަށް ބެލެވެ އެވެ.

ފިކޯ އަށް ބޮޑުވަޒީރުކަން ލިބިވަޑައިގަންނަވާނީ 14.7 ޕަސެންޓް ވޯޓު ހޯއްދެވި ވާތު ފިޔައިގެ ހަލާސް (ވޮއިސް) ޕާޓީގެ ތާއީދު ހޯއްދަވައިފި ނަމަ ކަމަށް ބެލެވެ އެވެ.

ކޯލިޝަންގެ އަނެއް ބައިވެރިޔާ ކަމަށްވާ ރަޝިއާއަށް ތާއީދުކުރާ އަލްޓްރާނޭޝަނަލިސްޓް ސްލޮވާކިއާ ނޭޝަނަލް ޕާޓީއަށް ލިބިފައިވަނީ 5.6 އިންސައްތައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް