އުފާ ފާޅުކުރަން ޕީޕިއެމްއިން މިރޭ ބާއްވަން ނިންމި ޖަލްސާ ފަސްކޮށްފިއެވެ.
ޕީޕިއެމް/ޕީއެންސީއިން ބުނީ، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ދިވެހި ރައްޔިތުންނަށް ޝުކުރު އަދާ ކުރެއްވުމަށް ބާއްވަން ހަމަޖެހިފައިވާ ޖަލްސާ ފަސްކުރީ މޫސުން ގޯސް ވުމުގެ ސަބަބުން ކަމަށެވެ.
އެ ޖަލްސާ ބާއްވަން ހަމަޖެހިފައި ވަނީ މާދަމާރޭގައެވެ.
އިންތިހާބު ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް ޑރ. މުއިއްޒަށް އެކި ފަރާތްތަކުން އަންނަނީ މަރުހަބާ ދަންނަވައި ތަހުނިޔާ ފޮނުއްވަމުންނެވެ. އެގޮތުން ބޭރުގެ އެކި ގައުމުތަކުގެ ރައީސުންނާއި ބޮޑުވަޒީރުންވެސް ވަނީ ޑރ. މުއިއްޒަށް މަރުހަބާ ދަންނަވައި ތަހުނިޔާ ފޮނުއްވާފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އިއްޔެ ކުރިއަށްގެންގޮސްފައިވާއިރު ދެވަނަ ބުރުގައި ޑރ. މުއިއްޒަށް 129،159 ވޯޓު ލިބިލެއްވިއެވެ. ރައީސް ސޯލިހަށް ލިބިލެއްވީ 109،868 ވޯޓެވެ. ޑރ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވީ 19,291 ވޯޓުގެ ތަފާތަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް