ޑރ. މުއިއްޒުގެ ސަރުކާރުގައި ދަ ޑިމޮކްރެޓްސް އިން ބައިވެރިވާނެކަމުގައި ހަސަން ލަތީފް ވިދާޅުވެއްވެއްޖެއެވެ.
ހަސަން މިހެން ވިދާޅުވީ ދެންމެ ކުރެއްވި ޕޯސްޓެއްގައެވެ.
ހަސަން މިހެން ވިދާޅުވިނަމަވެސް މިކަމާއި ގުޅޭގޮތުން އެއްވެސް ތަފްސީލެއް ހިއްސާކުރައްވާފައެއް ނުވެއެވެ. ދަ ޑިމޮކްރެޓްސް އަކީ ޕީޕީއެމް،ޕީއެންސީ ކޯލީޝަން މެންބަރެއް ނޫނެވެ. އަދި ދެވަނަ ބުރުގައި މުއިއްޒަށް ތާއީދު ކުރަންވެސް ޑިމޮކްރެޓްސް އިން ނިންމާފައެއް ނުވެއެވެ.
ހަސަން ލަތީފް މިހެން ވިދާޅުވެފައިވާއިރު ރައީސް ނަޝީދު އަނބުރާ އަލުން އެމްޑީޕީއާއި ގުޅެން ބޭނުންވެ އެކަން އެމްޑީޕީއަށް ހުށަހެޅިއެވެ. އެހެން ނަމަވެސް އެކަމާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ މެންބަރުން ދެކޮޅުކަން ވަނީ ފާހަގަކޮށްފައެވެ.
ހަމައެއާކު އެމްޑީޕީގެ އާންމު މެންބަރުން މިހާރު އަންނަނީ ޑިމޮކްރެޓްސް އަށް އިބޫ އޯކޭ ނުވި ގޮތަށް އެމްޑީޕީއަށް ބަރުލަމާނީ އޯކޭ ނޫންކަމަށްބުނެ ސޯޝަލް މީޑިއާގައި ކެމްޕޭނެއްވެސް ހިންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް