އިމްރާންގެ ނަސޭހަތެއް ޑރ. މުއިއްޒަށް - މި ހަލަބޮލި ދުވަސްވަރު ވެރިކަން ކުރަން ފަސޭހައެއް ނުވާނެ

ހަލަބޮލި ދުވަސްވަރެއްގައި ވެރިކަން ކުރުމަކީ ފަސޭހަކަމަށް ނުވާނެކަމަށް ވިދާޅުވީ އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން، ޑރ. މުއިއްޒަށް ނަސޭހަތްތެރިވެފައިވާނެކަމުގައި ވިދާޅުވެއްޖެއެވެ. މިހާރު ހޯމް މިނިސ...

01 Oct 2023 | 13:56

ހަލަބޮލި ދުވަސްވަރެއްގައި ވެރިކަން ކުރުމަކީ ފަސޭހަކަމަށް ނުވާނެކަމަށް ވިދާޅުވީ އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން، ޑރ. މުއިއްޒަށް ނަސޭހަތްތެރިވެފައިވާނެކަމުގައި ވިދާޅުވެއްޖެއެވެ.

މިހާރު ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިމްރާން މިހެން ވިދާޅުވީ މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި އިމްރާން ވިދާޅުވެފައިވަނީ ދިވެހިން ގޮތް ނިންމައިފި ކަމަށާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގުޅާ އެމަނިކުފާނަށް މަރުހަބާ ދަންނަވާފައިވާނެ ކަމަށެވެ.

"މި ހަލަބިލި ދުވަސްވަރު ވެރިކަން ކުރުމަކީ ފަސޭހަކަމެއްކަމަށް ނުފެންނާތީ ހެޔޮގޮތުގައި ސާބިތުވެހުންނެވުމަށް ނަސޭހަތްތެރިވިން" އިމްރާން ވިދާޅުވެފައިވެއެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑރ. މުއިއްޒަށް ގިނަ ބަޔަކު އަންނަނީ މަރުހަބާ އަދި ތަހުނިޔާގެ މެސެޖުތައް ފޮނުއްވަމުންނެވެ. އޭގެ ތެރޭގައި ރައީސް ސޯލިހާއި ކުރިން ރައީސްކަން ކުރެއްވި ބޭބޭފުޅުންނާއި ބޭރުގެ ގައުމުތަކުގެ ވެރިން ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް