މާދަމާ ބަންދު ނަމަވެސް އެމްއެމްއޭ އާއި ބޭންކުތައް ހުޅުވާނެ

މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅާފައިވީ ނަމަވެސް، އެމްއެމްއޭ އާއި ބޭންކުތައް ހުޅުވުމަށް ވަނީ ހަމަޖެހިފައި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ އިން ބުނެފިއެވެ. މިގޮތަށް ...

01 Oct 2023 | 13:54

މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ކަނޑައަޅާފައިވީ ނަމަވެސް، އެމްއެމްއޭ އާއި ބޭންކުތައް ހުޅުވުމަށް ވަނީ ހަމަޖެހިފައި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ އިން ބުނެފިއެވެ.

މިގޮތަށް އެމްއެމްއޭ އިން ބުނެފައިވަނީ މިއަދު ކޮށްފައިވާ އިޢުލާނެއްގައެވެ.

އެގޮތުން އެ އޮތޯރިޓީން ޢާންމުންނަށް ޚިދުމަތްދޭ ގަޑިތަކާއި ތަކެތި ބަލައިގަތުމަށް ހަމަޖެހިފައިވާ ގޮތް ވަނީ ދަންނަވާފައިއެވެ.

  • ބޭންކިންގ ޚިދުމަތް (ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތް): ހެނދުނު 08:30 އިން މެންދުރު 14:00 އަށް.
  • ސިޓީ އާއި ތަކެތި ބަލައިގަތުން: ހެނދުނު 08:30 އިން މެންދުރު 14:00 އަށް

ބޭންކިންގ ޚިދުމަތް ދެމުން ގެންދާނީ މިހާރެކޭވެސް އެއްގޮތަށް އެޕޮއިންޓްމަންޓް އުސޫލުން ކަމަށް އެމްއެމްއޭ އިން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް