އިންތިހާބާ ގުޅޭ ރިޝްވަތުގެ ދެ މައްސަލަ ހުށަހަޅާފައިވޭ: އޭސީސީ

އިންތިހާބާ ގުޅޭ ރިޝްވަތުގެ ދެ މައްސަލަ ހުށަހަޅާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން ( އޭސީސީ) އިން ބުނެފިއެވެ. އޭސީސީއިން ބުނީ، އިއްޔެ އެ ކޮމިޝަނަށް ލިބިފައިވަނީ ޖުމްލަ ދެ މައްސަލަ ކަމަށެވެ. އެއް...

01 Oct 2023 | 12:18

އިންތިހާބާ ގުޅޭ ރިޝްވަތުގެ ދެ މައްސަލަ ހުށަހަޅާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން ( އޭސީސީ) އިން ބުނެފިއެވެ.

އޭސީސީއިން ބުނީ، އިއްޔެ އެ ކޮމިޝަނަށް ލިބިފައިވަނީ ޖުމްލަ ދެ މައްސަލަ ކަމަށެވެ.

އެއް މައްސަލައަކީ އިލެކްޝަންސް ކޮމިޝަނުގެ ނޭޝަނަލް ކޮމްޕްލެއިންސް ބިއުރޯއިން ހުށަހަޅާފައިވާ .
އެއީވެސް ރިޝްވަތުގެ މައްސަލައެކެވެ

އަނެއް މައްސަލަ އަކީ، ވޯޓުލުން އިއްޔެ ކުރިއަށްދިޔައިރު ފައިސާ ބަހަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައްސަލަ އެވެ. އެ މައްސަލަ އޭސިސީން ތަހުގީގު ކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އެގޮތުން އެ ކޮމިޝަނުން މިއަދު ބުނީ ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ވޯޓުލުން އިއްޔެ ކުރިއަށް ދިޔަވަގުތު، މާލޭގެ އެކި ސަރަހައްދުތަކުގައި ފައިސާއާ އެކު ހަރަކާތްތެރިވަމުންދިޔަ  މީހެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެ މައްސަލަ ފުލުހުންގެ ފަރާތުންވަނީ އޭސީސީއަށް ހުށަހަޅާފައި ކަމަށެވެ.

“މިހާރު މިގެންދަނީ  އެ މައްސަލައިގެ ތަހުގީގު ހިންގަމުން” އޭސީސީން ބުނެފައިވެއެވެ.

މިފަދަ މައްސަލައެއް އޭސީސީން ތަހުގީގު ކުރަމުން އަންނައިރު ނިމިދިޔަ އިންތިހާބުގައި ފައިސާ ބެހިކަމުގެ އެތައް ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދައުރު ކުރަމުން ދިޔައެވެ. އަދި އެފަދަ ތުހުމަތުތަކެއްގައި ބައެއް ފަރާތްތަށް ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންދިޔައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް