އަލުން ނަޝީދުއާ ގުޅެން އެމްޑީޕީން ބޭނުމެއް ނޫން

ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅެން ބޭނުންވި ނަމަވެސް، އެކަމާ އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރުން ދެކޮޅު ހައްދަވައިފިއެވެ. ނަޝީދު ވިދާޅުވެފައި ވަނީ...

01 Oct 2023 | 11:31

ކުރީގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން އެމްޑީޕީއާ ގުޅެން ބޭނުންވި ނަމަވެސް، އެކަމާ އެމްޑީޕީގެ ގައުމީ މަޖިލިސް މެމްބަރުން ދެކޮޅު ހައްދަވައިފިއެވެ.

ނަޝީދު ވިދާޅުވެފައި ވަނީ، އެމްޑީޕީ ގައުމީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މީހުންގެ ތާއިދު  އޮތް ނަމަ، އަލުން އެމްޑީޕީއާ ގުޅެން ތައްޔާރަށް ހުންނެވި ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ފޮނުއްވެވި މެސެޖެއްގައެވެ. ނަޝީދުގެ އެ މެސެޖާއެކު ފައްޔާޒު ވަނީ، އެކަން އެމްޑީޕީގެ ގައުމީ މަޖިލީހާ ހިއްސާ ކުރައްވާފައެވެ.

އެކަމާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕުގައި މެމްބަރުން ހިއްސާކޮށްފައިވާ ހިޔާލުތަކަށް ބަލާއިރު، އަލުން ނަޝީދުއަށް މަރުހަބާ ކިޔަން ބޭނުން ނޫންކަން ހާމަވެއެވެ.

އެ ވާހަކަތަކާ އެއްބައިވަމުން ފައްޔާޒު ވިދާޅުވެފައި ވަނީ، ޑިމޮކްރަސީއާ އެއްގޮތަށް ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގެ ރައީސްއަކު އިންތިހާބު ވެފައި ވާކަމަށެވެ. އަދި އެއީ ރައްޔިތުންގެ ނިންމުން ކަމަށެވެ.

"އެމްޑީޕީ ވެގެން ނުވާނެ ރައްޔިތުންގެ ނިންމުން އަނބުރާލާ ބަޔަކަށް" ފައްޔާޒު ވިދާޅުވިއެވެ.

ރައްޔިތުން ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކޮށްފައިވާކަން ފާހަގަ ކުރައްވައި ފައްޔާޒު ވިދާޅުވީ، މުއިއްޒުއަށްވެސް ފުރުސަތު ލިބެން ޖެހޭ ކަމަށެވެ. އަދި އެމްޑީޕީއިން ބަރުލަމާނީއަށް ތާއީދު ނުކުރާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް