ޔާމީން ގެއަށް ވަޑައިގަންނަވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެއަށް ވަޑާއިގެންފިއެވެ. ޔާމީން ގެއަށް ވަޑައިގެންނެވުމަށް ކާރުކޮޅުން ފައިބާ ވަޑައިގެންނެވުމުން އެންމެ ފުރަތަމަ މަރުހަބާ ދަންނަވާފައި ވަނީ އިންތިހާބީ ރައީސ...

01 Oct 2023 | 11:10

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ގެއަށް ވަޑާއިގެންފިއެވެ.

ޔާމީން ގެއަށް ވަޑައިގެންނެވުމަށް ކާރުކޮޅުން ފައިބާ ވަޑައިގެންނެވުމުން އެންމެ ފުރަތަމަ މަރުހަބާ ދަންނަވާފައި ވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

ޔާމީން މާލެ ގެނެސްފައި ވަނީ ޖަލު ބަންދުން ގޭ ބަންދަށް ބަދަލު ކުރުމަށެވެ.

އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައިވެސް އެންމެ ފުރަތަމަ އެދިލެއްވި ކަމަކީ ރައީސް ޔާމީން ގެއަށް ބަދަލުކުރުމެވެ. ރައީސް ސޯލިހް ކުރެން ޑރ. މުއިއްޒު އެކަމަށް އެދިލައްވަމުން ވިދާޅުވީ އެކަމަކީ ރައީސުލްޖުމްހޫރިއްޔާއަށް ކުރެއްވޭނެ ކަމަށާއި އަދި އެކަމަށް ވަރަށް އިހްތިރާމާއެކު އެދިލައްވާކަމަށެވެ.

ޔާމީން ގެއަށް ބަދަލު ކުރަން ނިންމަފައި ވާކަން ހާމަކޮށް ކަރެކްޝަންސްއިން ބުނީ، މިއަދު އެމަނިކުފާނު ގެއަށް ބަދަލު ކުރައްވާނެ ކަމަށެވެ

ޔާމީން ގެއަށް ބަދަލުކުރާ ވާހަކަ ވަކީލުންގެ ޓީމަށް އަންގާފައި ވާކަމަށް، އެ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ބަކީލު އާދަމް ޝަމީމް ވިދާޅުވިއެވެ.

އެކަމުގެ އުފަލުގައި މިވަގުތު ޔާމިންއަށް ސަޕޯޓު ކުރަައްވާ ގިނަ އަދަދެއްގެ މީހުން ވަނީ ޔާމީންގެ ގެކޮޅު ކައިރިއަށް ޖަމާވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް