ރައީސާ ބައްދަލު ކުރެއްވުމަށްފަހު ޔާމީނަށް މަރުހަބާ ދަންނަވަން މުއިއްޒު ވަޑައިގަންނަވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވަން ރައިސް އޮފީހަށް ވަޑައިގެންނެވުމަށް ފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމަށް މަރުހަބާ ދަންނަވަން، ޔާމީންގެ ގެކޮޅަށް ޑރ. މުއިއްޒު ވަޑ...

01 Oct 2023 | 11:04

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވަން ރައިސް އޮފީހަށް ވަޑައިގެންނެވުމަށް ފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމަށް މަރުހަބާ ދަންނަވަން، ޔާމީންގެ ގެކޮޅަށް ޑރ. މުއިއްޒު ވަޑައިގަންނަވައިފިއެވެ.

ޑރ. މުއިއްޒު ރައީސް ސޯލިހާ ބައްދަލު ކުރައްވާފައި ވަނީ މިއަދު މެންދުރުފަހު 3:00 ގައެވެ.

އެ ބައްދަލު ވުމަށްފަހު ޔާމިންގެ ގެކޮޅަށް މުއިއްޒު ވަޑައިގަންނަވާފައި ވާއިރު، ޔާމިން މިހާރު ވަމީ މާލެ ގެނެސް، ގެއަށް ގެންދިއުމަށް ދަތުރު ފަށާފައެވެ.

މިވަތުރު ޔާމިންގެ ގެ ކައިރީގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ހަރަކާތްތެރި ވަމުން ދެއެވެ.

އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައިވެސް އެންމެ ފުރަތަމަ އެދިލެއްވި ކަމަކީ ރައީސް ޔާމީން ގެއަށް ބަދަލުކުރުމެވެ. ރައީސް ސޯލިހް ކުރެން ޑރ. މުއިއްޒު އެކަމަށް އެދިލައްވަމުން ވިދާޅުވީ އެކަމަކީ ރައީސުލްޖުމްހޫރިއްޔާއަށް ކުރެއްވޭނެ ކަމަށާއި އަދި އެކަމަށް ވަރަށް އިހްތިރާމާއެކު އެދިލައްވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް