ޔާމީން މާލެ ގެެނެސްފި

ކުރީގެ ރައިސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މާލެ ގެނެސްފިއެވެ. ޔާމީން މާލެ ގެނެސްފައި ވަނީ ޖަލު ބަންދުން ގޭ ބަންދަށް ބަދަލު ކުރުމަށެވެ. އެގޮތުން ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މިވަގުތު ކުރަމ...

01 Oct 2023 | 10:50

ކުރީގެ ރައިސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މާލެ ގެނެސްފިއެވެ.

ޔާމީން މާލެ ގެނެސްފައި ވަނީ ޖަލު ބަންދުން ގޭ ބަންދަށް ބަދަލު ކުރުމަށެވެ.

އެގޮތުން ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މިވަގުތު ކުރަމުން އަންނަނީ ރައިސް ޔާމީން ދޫކޮށްލަން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތެވެ. އަދި މިއަދު ހަވީރަށް ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ރައީސް ޔާމީން ގެއަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާއިރު އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައިވެސް އެންމެ ފުރަތަމަ އެދިލެއްވި ކަމަކީ ރައީސް ޔާމީން ގެއަށް ބަދަލުކުރުމެވެ. ރައީސް ސޯލިހް ކުރެން ޑރ. މުއިއްޒު އެކަމަށް އެދިލައްވަމުން ވިދާޅުވީ އެކަމަކީ ރައީސުލްޖުމްހޫރިއްޔާއަށް ކުރެއްވޭނެ ކަމަށާއި އަދި އެކަމަށް ވަރަށް އިހްތިރާމާއެކު އެދިލައްވާކަމަށެވެ.

ޔާމީން ގެއަށް ބަދަލު ކުރަން ނިންމަފައި ވާކަން ހާމަކޮށް ކަރެކްޝަންސްއިން ބުނީ، މިއަދު އެމަނިކުފާނު ގެއަށް ބަދަލު ކުރައްވާނެ ކަމަށެވެ

ޔާމީން ގެއަށް ބަދަލުކުރާ ވާހަކަ ވަކީލުންގެ ޓީމަށް އަންގާފައި ވާކަމަށް، އެ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ބަކީލު އާދަމް ޝަމީމް ވިދާޅުވިއެވެ.

އެކަމުގެ އުފަލުގައި މިވަގުތު ޔާމިންއަށް ސަޕޯޓު ކުރަައްވާ ގިނަ އަދަދެއްގެ މީހުން ވަނީ ޔާމީންގެ ގެކޮޅު ކައިރިއަށް ޖަމާވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް