މަޖިލީހުގެ ޖަލްސާ މާދަމާއަށް އެޖެންޑާ ކޮށްފި، ނިޒާމީ ވޯޓުގެ މަސައްކަތް ކުރިއަށް ދާނެ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާއަށް އެޖެންޑާކޮށްފިއެވެ. މާދަމާއަކީ ރަސްމީ ބަންދު ދުވަހެއް ނަމަވެސް، ރައްޔިތުންގެ މަޖިލީހަށް ރަސްމީ ދުވަހެއް ކަމަށާއި މިހާރު އާންމުކޮށްފައިވާ އެޖެންޑާއާ އެއްގޮ...

01 Oct 2023 | 10:18

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް މާދަމާއަށް އެޖެންޑާކޮށްފިއެވެ.

މާދަމާއަކީ ރަސްމީ ބަންދު ދުވަހެއް ނަމަވެސް، ރައްޔިތުންގެ މަޖިލީހަށް ރަސްމީ ދުވަހެއް ކަމަށާއި މިހާރު އާންމުކޮށްފައިވާ އެޖެންޑާއާ އެއްގޮތަށް މާދަމާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނާނެ ކަމަށް މަޖިލިސް އިދާރާއިން ބުނެފައިވެއެވެ.

އެޖެންޑާގެ ހަ ވަނަ ނަންބަރުގައި ވަނީ، މަޖިލިސް ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމެވެ.

އެގޮތުން، މާދަމާ މަޖިލިސް ރައީސްގެ މޭޒުން ހުށަހަޅާ ކަންކަމުގައި ގޮތުގައި އެޖެންޑާ ކޮށްފައި ވަނީ އެންމެ ކަމެކެވެ. އެއީ ދިވެހިރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާއްމު ވޯޓު ނެގުމަށް މަޖިލީހުން ފާސް ކޮށްފައިވާ ގަރާރާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީއާ ގުޅޭ މައްސަލައެވެ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް