ކުރީގެ ރައީސް ޔާމީން ގެއަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާކަމަށް މައުލޫމާތު ލިބިއްޖެއެވެ.
އެގޮތުން ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މިވަގުތު ކުރަމުން އަންނަނީ ރައިސް ޔާމީން ދޫކޮށްލަން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތެވެ. އަދި މިއަދު ހަވީރަށް ރައީސަށް ރައީސް ޔާމީން ގެއަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
ރައީސް ޔާމީން ގެއަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާއިރު އިންތިހާބީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައިވެސް އެންމެ ފުރަތަމަ އެދިލެއްވި ކަމަކީ ރައީސް ޔާމީން ގެއަށް ބަދަލުކުރުމެވެ. ރައީސް ސޯލިހް ކުރެން ޑރ. މުއިއްޒު އެކަމަށް އެދިލައްވަމުން ވިދާޅުވީ އެކަމަކީ ރައީސުލްޖުމްހޫރިއްޔާއަށް ކުރެއްވޭނެ ކަމަށާއި އަދި އެކަމަށް ވަރަށް އިހްތިރާމާއެކު އެދިލައްވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް