ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އިއްޔެ ކުރިއަށްދިޔައިރު ފައިސާ ބަހަން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހެއްގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.
އެގޮތުން އެ ކޮމިޝަނުން މިއަދު ބުނީ ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ވޯޓުލުން އިއްޔެ ކުރިއަށް ދިޔަވަގުތު، މާލޭގެ އެކި ސަރަހައްދުތަކުގައި ފައިސާއާ އެކު ހަރަކާތްތެރިވަމުންދިޔަ މީހެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް އެ މައްސަލަ ފުލުހުންގެ ފަރާތުންވަނީ އޭސީސީއަށް ހުށަހަޅާފައި ކަމަށެވެ.
"މިހާރު މިގެންދަނީ އެ މައްސަލައިގެ ތަހުގީގު ހިންގަމުން" އޭސީސީން ބުނެފައިވެއެވެ.
މިފަދަ މައްސަލައެއް އޭސީސީން ތަހުގީގު ކުރަމުން އަންނައިރު ނިމިދިޔަ އިންތިހާބުގައި ފައިސާ ބެހިކަމުގެ އެތައް ވާހަކަތަކެއް ސޯޝަލް މީޑިއާގައި ދައުރު ކުރަމުން ދިޔައެވެ. އަދި އެފަދަ ތުހުމަތުތަކެއްގައި ބައެއް ފަރާތްތަށް ފުލުހުންގެ ބެލުމުގެ ދަށަށްވެސް ގެންދިޔައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް