ދިވެހީންގެ ރާއްޖޭގެ ރިޔާސީ ކެނޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ އުފަލުގައި ބާއްވާ އުފާ ފާޅުކުރުމުގެ ހަރަކާތް މިރޭ ބާއްވަން ނިންމައިފިއެވެ.
އެގޮތުން ދިވެހީންގެ ރާއްޖެ ޓީމުން މިއަދު ބުނެފައިވަނީ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ރައްޔިތުންނާ ބަދަލުކުރެއްވުން މިރޭ 08:30 ގައި އާޓިފިޝަލް ބީޗްގައި އޮންނާނެ ކަމަށެވެ.
"ދިވެހި ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވަން" ދިވެހީންގެ ރާއްޖެ ޓީމުން ބުނެފައިވެއެވެ.
އިންތިހާބު ކާމިޔާބު ކުރެއްވި އިންތިހާބީ ރައީސް ޑރ. މުއިއްޒަށް އެކި ފަރާތްތަކުން އަންނަނީ މަރުހަބާ ދަންނަވައި ތަހުނިޔާ ފޮނުއްވަމުންނެވެ. އެގޮތުން ބޭރުގެ އެކި ގައުމުތަކުގެ ރައީސުންނާއި ބޮޑުވަޒީރުންވެސް ވަނީ ޑރ. މުއިއްޒަށް މަރުހަބާ ދަންނަވައި ތަހުނިޔާ ފޮނުއްވާފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އިއްޔެ ކުރިއަށްގެންގޮސްފައިވާއިރު ދެވަނަ ބުރުގައި ޑރ. މުއިއްޒަށް 129،159 ވޯޓު ލިބިލެއްވިއެވެ. ރައީސް ސޯލިހަށް ލިބިލެއްވީ 109،868 ވޯޓެވެ. ޑރ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވީ 19,291 ވޯޓުގެ ތަފާތަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް