މާދަމާ އަކީވެސް ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ނިންމަވައިފި

އޮކްޓޯބަރު މަހުގެ ދެވަނަ ދުވަސް، މާދަމާއަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖައްސަވައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ރައީސް އޮފީހުގެ ދެން...

01 Oct 2023 | 07:15

އޮކްޓޯބަރު މަހުގެ ދެވަނަ ދުވަސް، މާދަމާއަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ހަމަޖައްސަވައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ރައީސް އޮފީހުގެ ދެންނެވުމެއްގައެވެ.

މިކަން ހާމަކުރައްވައި ރައީސް އޮފީހުން ވިދާޅުވެފައިވަނީ މިގޮތަށް ހަމަޖެއްސެވީ، ސެޕްޓެންބަރު މަހުގެ 30 ވި ހޮނިހިރު ދުވަހު ބޭއްވި، ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓާގުޅޭ އެކިއެކި މަސައްކަތްތަކުގައި، ހަރަކާތްތެރިވި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން، ވޯޓާ ގުޅިގެން ކުރަންޖެހުނު އެންމެހައި މަސައްކަތްތައް އަދި ނުނިމޭތީ، އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހަކީވެސް، ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް، އިލެކްޝަންސް ކޮމިޝަނުން އެދިވަޑައިގެންފައި ވާތީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް