އިއްޔެ ކުރިއަށްދިޔަ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައްޔިތުން ނިންމި ނިންމުމާއިމެދު މުޅި ރާއްޖެ ހިތާމަކުރާނެކަމުގައި އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެއެވެ.
ރޮޒޭ މިހެން ވިދާޅުވީ ރޭގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ރޮޒޭ ވިދާޅުވެފައިވަނީ ރައީސް އިބޫ ވަރުގެ އޯގާތެރި ހެޔޮ ވެރިއެއް މި ގައުމު ނުދެކޭ ކަމަށް މި ރާއްޖޭގެ ރައްޔިތަކުން އެއް އަޑަކުން ކިޔާ ދުވަސް މާ ލަހެއް ނުވާނެކަމަށެވެ.
"ހުރިހާ ރައްޔިތުންނަށް އަޅާލާ، ރައްޔިތުންގެ އަޑު އަހާ، ރައްޔިތުންނަށްޓަކާ ވެރިކޮށްކޮށްދެއްވި ހެޔޮ ރައީސެއް، މިއަދުގެ ނިންމުމާއިމެދު މުޅި ރާއްޖެ ހިތާމަކުރާނެ!" ރޮޒޭ ވިދާޅުވެފައިވެއެވެ.
ރޮޒޭވެސް ވަނީ އިއްޔެ އިންތިހާބު ކާމިޔާބުކުރެއްވި ޑރ. މުއިއްޒަށާއި ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) އަށް މަރުހަބާ ދަންނަވާފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އިއްޔެ ކުރިއަށްގެންގޮސްފައިވާއިރު ދެވަނަ ބުރުގައި ޑރ. މުއިއްޒަށް 129،159 ވޯޓު ލިބިލެއްވިއެވެ. ރައީސް ސޯލިހަށް ލިބިލެއްވީ 109،868 ވޯޓެވެ. ޑރ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވީ 19,291 ވޯޓުގެ ތަފާތަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް