އިންޑިއާގެ ބޮޑުވަޒީރު މޯދީ، ޑރ. މުއިއްޒަށް މަރުހަބާ ދަންނަވައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދަންނަވައިފިއެވެ. މޯދީ ޑރ. މުއިއްޒަށް މަރުހަބާ ދެންނެވީ މިއަދު ހެނދުނުކުރެއްވި ޕޯސްޓެއްގައެވެ. އެ ޕ...

01 Oct 2023 | 02:40

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރާއްޖޭގެ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް މަރުހަބާ ދަންނަވައިފިއެވެ.

މޯދީ ޑރ. މުއިއްޒަށް މަރުހަބާ ދެންނެވީ މިއަދު ހެނދުނުކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި މުއިއްޒަށް މަރުހަބާ ދަންނަވައި މުބާރަކުބާދީ އަރިސްކުރައްވާފައިވެއެވެ.

މޯދީގެ އެ ޕޯސްޓްގައި ވިދާޅުވެފައިވަނީ ރާއްޖެއާއެކު ހާޖިރީ ގުޅުން އިތުރަށް ބަދަހިކުރުމުގައި އިންޑިއާ ދެމި އޮންނާނެ ކަމަށާއި އިންޑިއާ ކަނޑުގެ ގުޅުންތައް އިތުރަށް ބަދަހި ކުރުމުގައި އިންޑިއާއިން އަބަދުވެސް ދެމި އޮންނާނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އިއްޔެ ކުރިއަށްގެންގޮސްފައިވާއިރު ދެވަނަ ބުރުގައި ޑރ. މުއިއްޒަށް 129،159 ވޯޓު ލިބިލެއްވިއެވެ. ރައީސް ސޯލިހަށް ލިބިލެއްވީ 109،868 ވޯޓެވެ. ޑރ. މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވީ 19,291 ވޯޓުގެ ތަފާތަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް