އިންތިހާބީ ރައީސް ޑރ. މުއިއްޒު ރައީސް ސޯލިހް ކުރެން އެދިލެއްވީ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް

ކުރީގެ ރައީސް، ރައީސް ޔާމީން ލަސްނުކުރައްވާ ގެއަށް ބަދަލުކޮށްދިނުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެން އެދިވަޑައިގެންފިއެވެ. ޑރ. މުއިއްޒު މިގޮތަށް ...

30 Sep 2023 | 19:31

ކުރީގެ ރައީސް، ރައީސް ޔާމީން ލަސްނުކުރައްވާ ގެއަށް ބަދަލުކޮށްދިނުމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެން އެދިވަޑައިގެންފިއެވެ.

ޑރ. މުއިއްޒު މިގޮތަށް އެދިލެއްވީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށްފަހު ފުރަތަމަ ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނީ ގޮތުން ކުރެއްވޭނެ ކަމެއް ކަމަށާއި އެކަން ކުރެއްވުމަކީ މިއަދު މި ގައުމުގެ މަސްލަހަތަށްޓަކާ އެންމެ ރަނގަޅު ގޮތްކަމުގައި ދެކެލައްވާކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކާމިޔާބާއި ގުޅޭގޮތުން ޑރ. މުއިއްޒު ވިދާޅުވީ ނަތީޖާއިން ލިބިގެންދިޔައީ ގައުމުގެ މުސްތަގްބަލު ބިނާކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި ފެނިގެން ދިޔައީ ރައްޔިތުން ގައުމުގެ މުސްތަގްބަލު އުޖާލާކުރަން ބޭނުންވ މިންވަރު ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް