އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެ ވަޑައިގެންފި

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކަވަޓްރާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ. އޭނާގެ މި ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން ސެކްރެޓަރީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ވިނޭ ރާއްޖެ...

01 Oct 2022 | 18:56

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިނޭ މޯހަން ކަވަޓްރާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.

އޭނާގެ މި ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން ސެކްރެޓަރީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ވިނޭ ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން މަރުޙަބާ ދެންނެވީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަޙްމަދު ލަތީފްއާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރު މުނޫ މަހާވަރެވެ.

މި ދަތުރުފުޅަކީ ވިނޭ އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މަޤާމާ ހަވާލުވިފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ފޮރިން މިނިސްޓްރީން ބުނީ ވިނޭގެ މި ދަތުރުފުޅުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލު ކުރައްވާނެ އެވެ. އަދި ޑިފެންސް މިނިސްރާއި ފިނޭންސް މިނިސްޓަރު، އިކޮނޮމިކް މިނިސްޓަރާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

މީގެ އިތުރުން ރައްިޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއިވެސް ބައްދަލު ކުރައްވާނެ އެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތުދޭގޮތުގައި ވިނޭ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ހަރުދަނާ ކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ އެވެ. ޚާއްސަކޮށް އިންޑިއާގެ އެހީގެ ދަށުން ރާޢްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތައް ދާ ސްޕީޑާ މެދު މަޝްވަރާކުރުމާއި އެކަންކަމާގުޅޭ މަޢުލޫމާތުތައް ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވިނޭ މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އިންޑިއާއަށް ވަޑައިގެންނަވާނީ ހޯމަ ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް