ބޮލީވުޑްގެ ޖޯޑުން ކަމަށްވާ ރަންވީރު ސިންގ އާއި ދީޕިކާ ޕަދުކޯން ވަރިވާން އުޅޭ ކަމުގެ އަޑު ގަދަވާން ފަށައިފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި ދެމީހުންގެ ހަތަރު އަހަރުވީ ކައިވެނި ނިމުމަކަށް ގެންނަން އުޅޭ ކަމަށް ބުނެ ގާތް މީހުން ވާހަކަ ދައްކާފައިވެ އެވެ. އެކަމަކު ވަރިވާ ސަބަބެއް އަދި ދެމީހުން ދެމެދުގައި މައްސަލަ ޖެހިގެން އޫޅޭކަން އިތުރު ބަޔަކަށް ކަށަވަރު ވެފައެއް ނުވެ އެވެ.
މިދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ އަޑު ގަދަވެފައިވާއިރު މިކަމަށް ދެމަފިރިންގެ ފަރާތުން ރައްދެއް ނުވަތަ ޖަވާބެއް ނުދެ އެވެ. ބަދަލުގައި ރަންވީރާއި ދީޕިކާ އުޅެނީ ފިލްމުތަކުގެ މަސައްކަތުގައި ބިޒީކޮށްކަމަށް ރިޕޯޓުތައް ބުނެ އެވެ.
މިކަމާއި ގުޅޭގޮތުން ހިޔާލު ފާޅު ކުރަމުންދާ މީހުން ވަނީ މި ފަހުން ދީޕިކާ މާ ބަލިވަނީވެސް ދެމަފިރިންގެ ދެމެދުގައި ޖެހެމުންދާ މައްސަލަތަކާއި ގުޅިގެން ކަމަށް ގަބޫލު ކުރެވޭ ކަމަށް ބުނެފައި އެވެ. ރިޕޯޓުތައް ބުނާގޮތުގައި މިިދިޔަ ޖޫން މަހާއި މިދިޔަ ހަފްތާ ތެރޭގައި ދީޕިކާއަށް ގޮތް ނޭނގޭ ގޮތްތަކެއްވެ އެތެރެ ހައްޓަށް އުނދަގޫތަކެއްވާތީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާ ދީފައިވެ އެވެ
ގިނަ ބައެއްގެ ފާޑުކިޔުމާއި ސުވާލުތައް އަމާޒުވަމުން ދަނިކޮށް އިއްޔެ ރަންވީރު ކުރި އިންސްޓްގްރާމް ޕޯސްޓަކަށް ކޮމެންޓުކޮށް ދީޕިކާ ވަނީ ވަރިވާން ނޫޅޭ ކަމަށް ދޭހަވާފަދަ ސިގްނަލެއް ދީފައި އެވެ. އެ ޕޯސްޓަށް ކުރި ކޮމެންޓުގައި ދީޕިކާ ވަނީ ފްލާޓު ކުރާ ގޮތަށް ރަންވީރު ލައިގެން ހުރި ހެދުމާއި ސްޓައިލަށް ތައުރީފު ކޮށްފައި އެވެ.
https://www.instagram.com/p/CjIiQK-BeGL/
ރަންވީރާއި ދީޕިކާ ކައިވެނި ކުރީ 2018 ވަނަ އަހަރު އެވެ. ދެމީހުންގެ ކައިވެންޏަށް ހަތަރު އަހަރުވިޔަސް ކައިވެނި ކޮށްގެން އުޅެނީ ނަމަކަށް ކަމަށް މީގެ އަހަރެއްހާ ދުވަސް ކުރިންވެސް އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.
އެގޮތުން ކޯވިޑް ލޮކްޑައުންގައި ދީޕިކާގެ މުޅި އާއިލާއަށް ބަލި ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރި އިރުވެސް ރަންވީރުގެ އެހީތެރިކަން ނުލިބޭ ވާހަކަ އާއި ދީޕިކާ ކައިރިއަން ބެންގަލޫރޫއަށް ނުދާ ވާހަކަ އެ ދުވަސްވަރު ވަރަށް މަޝްހޫރުވި އެވެ،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް