ދިރާގުގެ 34 ވަނަ އަހަރީ ދުވަސް: އަހަރަދީ ދުވަހުގެ ހާއްސަ ޕްރޮމޯޝަން ފަށައިފި

މިއަދު ފާހަގަ ކުރަމުންދާ ދިރާގުގެ34 ވަނަ އަހަރީ ދުވަހުގެ ހާއްސަ ޕްރޮމޯޝަން ފަށައިފި އެވެ. ދިރާގުން ބުނީ އަހަރީ ދުވަހާއި ގުޅުވައިގެން ހާއްސަ ދެ އޮފާއެއް ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ. މި ޕްރޮމޯޝަން ...

01 Oct 2022 | 09:03

މިއަދު ފާހަގަ ކުރަމުންދާ ދިރާގުގެ34 ވަނަ އަހަރީ ދުވަހުގެ ހާއްސަ ޕްރޮމޯޝަން ފަށައިފި އެވެ.

ދިރާގުން ބުނީ އަހަރީ ދުވަހާއި ގުޅުވައިގެން ހާއްސަ ދެ އޮފާއެއް ކަސްޓަމަރުންނަށް ލިބޭނެ ކަމަށެވެ. މި ޕްރޮމޯޝަން ކުރިޔަށް ގެންދަނީ މިމަހުގެ ނިޔަލަށެވެ.

ޕްރޮމޯޝަންގެ ދަށުން125 ރުފިޔާއަށް125 ޖީބީ ލިބޭނެ އެވެ. ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށްވެސް ނެގޭ މި އެޑް-އޮން އެކްޓިވޭޓް ކޮށްގެން ފަސް ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭނެއެވެ.

ޑެއިލީ ޑޭޓާ އޮފާ ކުރިޔަށް ދަނީ ޕޯސްޓުޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެންނެވެ. ދިރާގުން ބުނީ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ސަޅި ޑެއިލީ ޕްލޭންސްގެ ދަށުން ދެގުނަ ޑެއިލީ ޑޭޓާ ލިބޭނެއެވެ.

އަދި ކުރިއެކޭ އެއްއަގެއްގައި ކަސްޓަމަރުންނަށް މިހާރު ކަސްޓަމަރުންނަށް ސަޅި 90 ޕްލޭންއިން ދުވާލަކު ދެ ޖީބީ ޑެއިލީ ޑޭޓާ، ސަޅި 150 ޕްލޭންއިން ދުވާލަކު  ހަތަރު ޖީބީ ޑެއިލީ ޑޭޓާ އަދި ސަޅި 210 ޕްލޭންއިން ދުވާލަކު  ހަ ޖީބީ ޑެއިލީ ޑޭޓާ ލިބޭނެއެވެ.

މި ދެ އެޑް-އޮންވެސް ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ދިރާގު އެޕް މެދުވެރިކޮށް ނެގޭނެއެވެ.

މީގެ އިތުރުން ދިރާގުންވަނީ އެ ކުންފުނީގެ ސޯޝަލް މީޑިއާގައި ޚާއްސަ ގުރުއަތެއްވެސް ތަޢާރަފުކޮށްފައެވެ. މީގެ ދަށުން ހަތް ނަސީބުވެރިއަކަށް 'އައުކޭ ޓްރޫ ވަޔާލެސް އެއާބަޑް' ހޯދުމުގެ ފުރުޞަތު ލިބޭނެއެވެ.

މި ގުރުއަތުގައި ބައިވެރިވުމަށް ކުރަން ޖެހޭ ކަމަކީ ދިރާގުން އެމީހެއްގެ ދިރިއުޅުމަށް ގެނައި ފާގަތިކަމަކީ ކޮބައިކަން އެކުންފުނީގެ ފޭސްބުކް، ޓްވިޓާރ ނުވަތަ އިންސްޓަގްރާމް ޕޭޖުގައި ކޮމެންޓެއްގެ ގޮތުގައި ލިޔެލުމެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް، ގިނަ އަގުހުރި އޮފަރތަކަކާއިއެކު ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށް އެ ކުންފުނިން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް