ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލަފާކުރާގޮތުގައިއެސަރަހައްދަށް މޫސުން ގޯސްވާނީ މިއަދު މެންދުރު1:00 ން ހަވީރު5:00 އަށެވެ.
އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.
ވައި ޖެހޭނެ ކަމަށް ލަފާ ކުރަނީ އާންމު ގޮތެއްގައި19 މޭލާއި24 މޭލާދި ދެމެދުގެ ބާރު މިނުގައި އެވެ. ވިލާގަނޑުގައި40 މޭލަށް ވައި ގަދަވާނެ އެވެ.
މެޓުން ވަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް