ޖަލަށް ދާން ޖެހިދާނެ ކަމަށް ގަބޫލު ކުރާ މީހުންނަށް އިންޑިއާގެ ޖަލަކުން ކުއްޔަށް ގޮޅި ދޫކުރަނީ

މުސްތަގުބަލުގައި ޖަލަށް ދާން ޖެހިދާނެ ކަމަށް ގަބޫލު ކުރާ މީހުންނަށް އިންޑިއާގެ ޖަލަކުން ކުއްޔަށް ގޮޅި ދޫކުރަން ފަށަން ނިންމައިފި އެވެ. މި ޖަލު ހުންނަނީ އުއްތްރަހާންދު ސްޓޭޓްގައި އެވެ. ހަލްދްވާނީ ނަމަކ...

01 Oct 2022 | 07:23

މުސްތަގުބަލުގައި ޖަލަށް ދާން ޖެހިދާނެ ކަމަށް ގަބޫލު ކުރާ މީހުންނަށް އިންޑިއާގެ ޖަލަކުން ކުއްޔަށް ގޮޅި ދޫކުރަން ފަށަން ނިންމައިފި އެވެ.

މި ޖަލު ހުންނަނީ އުއްތްރަހާންދު ސްޓޭޓްގައި އެވެ. ހަލްދްވާނީ ނަމަކަށް ކިޔާ އެ ޖަލުން ރެއަކާއި ދުވާލަށް ގޮޅިއެއް ކުއްޔަށް ދޫކުރަން ނިންމާފައިވަނީ 500 އިންޑިއަން ރުޕީސް އަށެވެ.

އިންޑިއާގައި ވަކި ދީންތަކަކެއް ގަބޫލު ކުރާ މީހުންނަކީ ހޮރަސްކޯޕު ނުވަތަ މުސްތަގުބަލުގައި ވާނެ ކަންތައްތައް ބަލައިގެން އެކަންކަމަށް އަމަލު ކުރާ މީހުންނެވެ. އެގޮތުން ކުރިޔަށް އޮތްތާ ދިރިއުޅުމަށް ނުރަނގަޅު ކަމެއް ވެދާނެ ކަމަށް ބަލައި ބައެއް ފާދިރީން ބުނާ ބަސް އަހައިގެން ކަންކަން ކުރާ މީހުން އުޅެ އެވެ.

ރިޕޯތުތައް ބުނާގޮތުގައި މި ޖަލުން ގޮޅި ދޫކުރަނީ މިފަދަ ގަބޫލް ކުރުންތައް ގަބޫލު ކުރާ މީހުންނަށެވެ. އެގޮތުން ކުރިޔަށް އޮތްތާ މައްސަލައެއްގައި ބެދިގެން ޖަލު ހުކުމެއް އައިސްދާނެ ކަމަށް ފާދިރީން ބުނެފައިވާ މީހުންނަށް ޖަލުން ގޮޅި ކުއްޔަށް ދޫކުރަން ވަނީ ނިންމާފައި އެވެ.

އެ ޖަލުގެ ސުޕްރިޓެންޑެންޓެއް މީޑިއާގައި ބުނީ އެފަދަ މީހުންނަށް ކުއްޔަށް ދޭނީ ހާއްސަ ވަކި ގޮޅިތަކެއް ކަމަށެވެ. އޭރުން މުސްތަގުބަލުގައި ޖަލު ހުކުމް އައުމުން 500 ރުޕީސް ހަރަދު ކޮށްގެން ޖަލުގައި ހޭދަ ކުރި ދުވަސްތައް އުނި ކުރެވޭނެ ކަމަށެވެ،

މިއީ އެ ޖަލުން އަމިއްލައަށް ނިންމައިގެން އުޅޭ ގޮތެކެވެ. އި އުސޫލަށް އަމަލު ކުރެވޭނީ ހެޑްކުއާޓާސްއިން ހުއްދަ ލިބުމުން ކަމަށް ރިޕޯޓުތައް ބުނެފައި އެވެ.

ސުޕްރިޓެންޑެންޓު ވިދާޅުވެފައިވާ ގޮތުގައި ވަރަށް އަވަހަށް އެ ހުއްދައަށް އެ ޖަލުން އެދޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް