މާއުނގޫދޫ ކައުންސިލާއި ތިން އަންހެނުންގެ ކޮމިޓީއެއްގެ ބައި އިލެކްޝަން ކުރިޔަށް ދަނީ

ހަތަރު ރަށެއްގެ ބައި އިލެކްޝަން ފެށިގެން ކުރިޔަށް އެބަދެ އެވެ. މިއަދު ކުރިޔަށް ދަނީ ށ. މާއުނގޫދޫ ކައުންސިލްގެ ބައި އިލެކްޝަން އެވެ. ދެން ކުރިޔަށް ދަނީ ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫ އަންހެނު...

01 Oct 2022 | 06:18

ހަތަރު ރަށެއްގެ ބައި އިލެކްޝަން ފެށިގެން ކުރިޔަށް އެބަދެ އެވެ.

މިއަދު ކުރިޔަށް ދަނީ ށ. މާއުނގޫދޫ ކައުންސިލްގެ ބައި އިލެކްޝަން އެވެ. ދެން ކުރިޔަށް ދަނީ ރ. ރަސްމާދޫ، ތ. ގުރައިދޫ އަދި ލ. ދަނބިދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކޮމިޓީގެ ބައި އިލެކްޝަނެވެ.

ވޯޓުލުން ކުރިޔަށް ދަނީ މިއަދު ހެނދުނު8:00 ން ހަވީރު4:00 އަށެވެ. ވޯޓު ލުން ކުރިޔަށް ދަނީ މާލެ އާއި އެ ރަށްތަކުގައި އެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން އަދި ވޯޓުލީ ހަ ޕަސެންޓު މީހުންނެވެ. އެއީ234 މީހުންނެވެ. މިހާތަނަށް އައިއިރު، 93.86 އިންސައްތަ މީހުން އަދި ވޯޓް ނުލާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.

މިއަދު ކުރިޔަށްދާ ބައި އިލެކްޝަންގެ އިތުރުން މި މަހުގެ 22 ވަނަ ދުވަހު އިތުރު ތިން ބައި އިލެކްޝަން ބާއްވަން ނިންމާފައިވެ އެވެ. އެއީ ވ. ތިނަދޫ، ފެލިދޫ އަދި ހއ. ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް