ބޮލީވުޑްގެ ބަތަލް ސަލްމާން ހާންގެ ބޮޑީ ޑަބްލް ސާގަރު ޕާންޑޭ ކުއްލި ގޮތަކަށް މަރުވެއްޖެ އެވެ.
އޭނާ މަރުވި ހަބަރާއި އެކު ސަލްމާން ވަނީ އިންސްޓަގްރާމްގައި ދެ މީހުން އެކުގައި 2015 ވަނަ އަހަރު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް ތައުޒިޔާ ކިޔާފައި އެވެ. ސާގަރު ވަނީ ސާލްމާންގެ 50 އަށްވުރެ ގިނަ ފިލްމުގައި ބޮޑީ ޑަބްލްގެ ގޮތުގައި މަސައްކަތް ކޮށްފައިވެ އެވެ.
ސަލްމާންގެ ޕޯސްޓުގައި ބުނެފައިވަނީ އޭނާގެ ގޮތުގައި އެކި ފިލްމުތަކުގައި ކޮށްދީފައިވާ މަސައްކަތްތަކަށް ހިތުގެ އަޑިން ޝުކުރު އަދާ ކުރާ ކަމަށެވެ. އޭނާއަށް ރަހުމަތް ލެއްވުމަށް އެދިފައިވެ އެވެ.
ސާގަރު މަރުވީ ހާޓް އެޓޭކެއް ޖެހިގެންނެވެ، އޭނާގެ ގާތް އެކުވެރިއަކާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ސާގަރު މަރުވީ ޖިމްގައި ކަސްރަތު ކުރަން ހުއްޓަ ކުއްލިއަކަށް ވެއްޓިގެން ކަމަށެވެ.
އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވެ އެވެ.
ސާގަރަކީ ގާޓްގަނޑަކަށް އުމުރުން 50 އަހަރުވާން ކައިރިވެފައިވާ މީހެކެވެ. އޭނާގެ އާއިލާގައި އިތުރު ފަސް ފިރިހެނުން ތިބޭއިރު މީގެ ކުރިން ދީފައިވާ އިންޓަވިއުއެއްގައި ސާގަރު ބުނެފައިވަނީ އެ ކުރިހާ ކުދިންގެ ހަރަދު އޭނާ ބަލަހައްޓަނީ ސަލްމާންގެ ޑަބަލް ބޮޑީގެ ރޯލު އަދާކޮށްގެންނާއި ބޮލީވުޑްގައި ކުރާ މަސައްކަތްތަކުން ކަމަށެވެ
އޭނާ ސަލްމާންގެ ޑަބަލް ބޮޑީގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ފިލްމުތަކުގެތެރޭގައި "ބަޖްރަންގީ ބައިނާން"، "ދަބަންގް" އަދި "ޓިއުބްލައިޓް" ފަދަ ފިލްމުތައް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް