ސޮސެޖުގައި އެކުލެވޭ ލޮނާއި ކެމިކަލް މާއްދާތަކުގެ ސަބަބުން ހާޓްއެޓޭކް ޖެހުމަށް މަގުފަހިވޭ - ދިރާސާ

ސޮސަޖަކީ ކާލަން އަނގަޔަށް ވަރަށް މީރު އެއްޗެކެވެ. އަހަރެމެން ދިވެހިން ވެސް ވަރަށް އާއްމުކޮށް އެބައިމީހުންގެ ކެއުންތަކުގައި ވަރަށް ގިނައިން ބޭނުން ކުރާ ބާވަތެކެވެ. އެކިބާވަތުގެ އެކި ނަންނަމުގައި ސޮސެޖް...

01 Oct 2022 | 04:49

ސޮސަޖަކީ ކާލަން އަނގަޔަށް ވަރަށް މީރު އެއްޗެކެވެ. އަހަރެމެން ދިވެހިން ވެސް ވަރަށް އާއްމުކޮށް އެބައިމީހުންގެ ކެއުންތަކުގައި ވަރަށް ގިނައިން ބޭނުން ކުރާ ބާވަތެކެވެ. އެކިބާވަތުގެ އެކި ނަންނަމުގައި ސޮސެޖް ބޭނުންކޮށްގެން ކާތަކެތި ހަދައިގެންނެވެ. ޚައްޞަކޮށް ރޯދަމަހަކީ ސޮސެޖް ރެސިޕީތަކުގެ ބޮޑު މަހެކެވެ. ސޮސެޖް ބޭނުންކޮށްގެން ގިނަ ބާވަތްތަކުގެ ކާތަކެތި ތައްޔާރުކުރާ މަހެކެވެ.

ރޯދަމަސް ނޫން މަސްމަހުގައި ވެސް ސޮސެޖް ކެއުން ވަކި މަދެކޭ ދެންނެވޭކަށް ނެތެވެ. ގިނަ މީހުންގެ ދިރިއުޅުނުގައި ހާއްސަކޮށް ހެނދުނުގެ ނާސްތާގައި ސޮސެޖް އެއް ހިމަނާލުމަކީ އާންމުކަމެކެވެ.

ސޮސެޖް ބޭނުން ކުރުމުގައި ވަކި އުމުރުފުރައެއް ނެތެވެ. ކުޑަކުއްޖެއް ބޮޑުމީހެއް މުސްކުޅިއެއް ކިޔާނެކަމެއް ނެތެވެ. ހުރިހާ އުމުރުފުރައެއްގެ މީހުންވެސް ސޮސެޖް ބޭނުންކުރާވަރު ގިނަވެފަ އިތުރެވެ.

ނަމަވެސް ކާލަން އަނވަޔަށް ކިތެންމެ މީރުނަމަވެސް ވިސްނާލުން މުހިންމު ކަމެއް އެބައޮތެވެ. އެއީ ސޮސެޖަކީ އޭގައި ގިނަ އަދަދަކަށް ސޯޑިއަމް ނުވަތަ ލޮނުގެ ބައި ގިނައިން އެކުލެވޭ އެއްޗެކެވެ. އަދި މީގެއިތުރުން ކެމިކަލްގެ ބާވަތްތައްވެސް އެހާމެ ގިނައިން އެކުލެވިގެންވާ އެއްޗެކެވެ. އެހެންކަމުން ސޮސެޖްގައި އެކުލެވޭ ލޮނުގެ މާއްދާގެ ސަބަބުން ސިއްޚަތައް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. ސައިންސްވެރިންގެ ހޯދުންތަކުން އެނގޭގޮތުގައި ސޮސެޖްގައި އެކުލެވޭ ގިނަ އަދަދެއްގެ ލޮނު މާއްދާއާއި ކެމިކަލް ތަކުގެ ސަބަބުން ސިއްޚަތައް ލިބޭ ގެއްލުންތަކުގެ ތެރޭގައިި ދާއިމީ ދިގުދެމިގެންް ދާގޮތައް ކުދި ބަލިތައް ޖެހުންނގިނަވުމާއި ހިތުގެ އެކި ތަފާތު ބަލިތަކަށް ޖެހުމަށް މަގުފަހިވެ ވެއެވެ. އެގޮތުން ހާޓްއެޓޭކް ޖެހުމުގެ ފުރުސަތު ވެސް ބޮޑުކަމަށް ހޯދުންތަކުން ބުނެއެވެ.

ކަން މިހެން ހުރިއިރު، ސޮސެޖް ބޭނުން ކުރުމަކީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫންކަމަށް ސައިންސްވެރިންގެ ހޯދުންތަކުން ވެސް އެނގެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް