މި އަހަރުގެ ޖަނަވަރީ މަހު، ބަގާވާތަކުން، ބުރްކީނާ ފާސޯގެ ވެރިކަމަށް އައި އެ ގައުމުގެ ލީޑަރު ޕޯލް-ހެންރީ ޑަމީބާގެ ވެރިކަން އަސްކަރީ ބަގާވާތަކުން ނިންމާ އޭނާ މަގާމުން ދުރުކޮށްފިއެވެ.
މިކަން އިއުލާނުކުރެއްވީ އެ ގައުމުގެ އަސްކަރީ (އާމީ) ކެޕްޓަން އިބްރާހިމް ތުރޯރޭ ގައުމާ މުހާތަބުކޮށް އިއްޔެ ދުރަށް ފޮނުވި ޓީވީ މެސެޖެއްގައެވެ.
ކެޕްޓަން އިބްރާހިމް އެކަން އިއުލާނުކުރައްވަމުން ވިދާޅުވީ ގައުމުގެ ސުލްހަމަސަލަސްކަން ގާއިމްކުރުމުގައި ޑަމީބާ ފެއިލްވެފައިވާކަމަށެވެ. އެހެންކަމުން އޭނާ މަގާމުން ދުރުކޮށް ސަރުކާރާއި ގާނޫނު އަސާސީ އުވާލާފައިވާކަމަށެވެ.
ބުރްކީނާ ފާސޯގައި ހަނގުރާމަވެރި ޖަމާއަތްތަކުގެ ބާރުގަދަވެ ގައުމުގެ 40 އިންސައްތައަށްވުރެ ބޮޑު ސަރަހައްދެއްގެ ކޮންޓްރޯލް ވަނީ ގެއްލިފައެވެ. އެކި ސަރަހައްދުތައް ކޮންޓްރޯލް ކުރަނީ ހަނގުރާމަވެރި އެކި ޖަމާއަތްތަކުންނެވެ. އެ ޖަމާއަތްތަކުގެ ތެރޭގައި އަލްގައިދާ އާއި އައިއެސް ޖަމާއަތްތަކުގެ ގޮފިތައްވެސް ހިމެނެއެވެ.
އިއްޔެ މަގާމުން ދުރުކުރި ޑަމީބާ މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ވެރިކަމަށް އައީ ރައީސްކަމުގައި ހުރި ރޮޗް ކަބޯރޭގެ ސަރުކާރު ބަގާވާތަކުން ވައްޓާލައިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް