ސާފް ޗެމްޕިއަންޝިޕް 2021: ރާއްޖެ ކުޅުނު ފުރަތަމަ މެޗު ރައީސް އަދި ނައިބު ރައީސް ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕް 2021 ގައި މިރޭ ފުރަތަމަ ފަހަރަށް ރާއްޖެ ކުޅުނު މެޗު ބައްލަވާލައްވައިފި އެވެ. މި މެޗުގައި ރާއްޖެ ބައްދަލުކޮށްފައ...

01 Oct 2021 | 18:32

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕް 2021 ގައި މިރޭ ފުރަތަމަ ފަހަރަށް ރާއްޖެ ކުޅުނު މެޗު ބައްލަވާލައްވައިފި އެވެ.

މި މެޗުގައި ރާއްޖެ ބައްދަލުކޮށްފައިވަނީ ނޭޕާލާއެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހަށް ކުރިޔަށް ދާ މި މުބާރާތުގައި މިރޭ ޤައުމީ ފުޓުބޯޅަ ދަނޑުގައި މި ކުޅެވުނު މެޗަކީ މި މުބާރާތުގެ ދެވަނަ މެޗެވެ. މި މެޗުން 1 ލަނޑު 0 ލަނޑުން ކުރިހޯދާ މޮޅުވެފައި ވަނީ ނޭޕާލްޓީމެވެ.

މި މެޗު ބައްލަވާލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ސަރުކާރުގެ ބައެއް އިސް ވެރިން ދަނޑަށް ވަޑައިގަތެވެ.

މީގެ އިތުރުން ދިވެހި ގިނަ ސަޕޯޓަރުން ދިވެހި ޤައުމީ ފުޓްބޯޅަޓީމަށް ސަޕޯޓް ކުރެއްވުމަށް ގަލޮޅު ދަނޑުގައި ތިއްބެވި އެވެ.

މީގެކުރިން ރާއްޖެ ވަނީ ސާފް ޗެންޕިއަންޝިޕް 2 ފަހަރު ކާމިޔާބުކޮށްފަ އެވެ. އެއީ 2008 އަދި 2018 ވަނަ އަހަރު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް