ސާފް ޗެމްޕިއަންޝިޕް 2021: ނޭޕާލުން ރާއްޖެ ބަލިކޮށް، ތާރީޚީ މޮޅެއް ހޯދައިފި

މާލޭގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗުގައި ރާއްޖެއާ ވާދަކޮށް ނޭޕާލުން ކާމިޔާބުކޮށްފި އެވެ. މި މެޗުގައި އެންމެފަހުގެ ޗެމްޕިއަން ދިވެހިރާއްޖޭގެ މައްޗަށް ނޭޕާލުން ...

01 Oct 2021 | 18:02

މާލޭގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ މެޗުގައި ރާއްޖެއާ ވާދަކޮށް ނޭޕާލުން ކާމިޔާބުކޮށްފި އެވެ.

މި މެޗުގައި އެންމެފަހުގެ ޗެމްޕިއަން ދިވެހިރާއްޖޭގެ މައްޗަށް ނޭޕާލުން ކުރި ހޯދީ 0-1 ލަނޑުން ނެވެ. މެޗުގައި ޖެހި ހަމައެކަނި ލަނޑު 84 ވަނަ މިނެޓުގައި ޖެހީ ނޭޕާލުގެ ޖާރޒީ ނަމްބަރ 21 މަނޭޝް އެވެ.

މިއީ ރާއްޖޭގެ ދެ ޑިފެންޑަރުންގެ ކައިރިން ނައްޓާލުމަށް ފަހު، ގޯލަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި ގިނަ އިރު ބޯޅަ ހިފައްހައްޓައިގެން މެޗު ޑޮމިނޭޓްކޮށްފައިވަނީ ރާްއްޖޭގެ ޓީމެވެ. އަދި ގިނަ ހަމަލާތައް އުފެއްދީ ވެސް ރާއްޖެއިން ނެވެ.

މި މެޗުގެ ފަހު ހާފުގައި ރާއްޖޭގެ ޓީމަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ.

ދިވެހި ގިނަ ސަޕޯޓަރުންގެ ސަޕޯޓާއެކު ކުޅެމުން ދިޔަ ދިވެހި ޓީމަށް ވަނީ ލަނޑުބޯޑުން ސުމެއް ކަނޑުވާލެވޭގޮތް ނުވެފަ އެވެ.

މިއީ ފުޓްބޯޅައިގެ ތާރީޚުގައި ނޭޕާލުން ރާއްޖޭގެ މައްޗަށް ކުރި ހޯދުނު ފުރަތަމަ ފަހަރެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް