ޖަލުތަކުގެެ ޙާލަތު ބަދަލު ވެފައިވާކަމަށް ކުރީގެ ރައީސް ޔާމީންވެސް ގަބޫލުކުރައްވާ: އިމްރާން

ރާއްޖޭގެ ޖަލުތަކުގެ ހާލަތު އިހުނަށްވުރެ ރަނގަޅު ވެފައިވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ގަބޫލުފުޅު ކުރައްވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. ހޯމްމިނސްޓަރު މިހެން ވިދާޅ...

01 Oct 2021 | 17:40

ރާއްޖޭގެ ޖަލުތަކުގެ ހާލަތު އިހުނަށްވުރެ ރަނގަޅު ވެފައިވާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ގަބޫލުފުޅު ކުރައްވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ހޯމްމިނސްޓަރު މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމްގެ "އެކްސްކުލޫސިވް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި މި ވެރިކަމަށް ދެ އަހަރު ވާން ކައިރިވެފައި ވަނިކޮށް ޖަލުތެރެއިން ވަނީ ރައީސް ޔާމީނާއި ބައްދަލުވެފަ އެވެ.

ރައީސް ޔާމީން ޖަލުގައި ހުނަނަވަނިކޮށް ޖަލުން ބައްދަލުކުރި ދުވަހެއްގައި ޖަލުގެ ބައެއް ތަންތަނަށް އިޝާރަތް ކުރައްވާ މިތަންތަން މިހުންނަނީ އަދިވެސް މިގޮތަކަށް ނޫންހެއްޔޭ ޔާމީން ވިދާޅުވި ކަމަށް އިމްރާން ވިދާޅުވި އެވެ.

ޖަވާބުގައި ތިޔައީ ތެދުފުޅެއްކަމަށާއި ނަމަވެސް ޔާމީންގެ ވެރިކަމުގައި ފަސް އަހަރު ތެރޭގައި ނުކުރައްވާ ކިތަންމެ ކަމެއް މިވީ ދެ އަހަރު ދުވަސް ތެރޭގައި ކޮށް މާގިނަ ބަދަލުތަކެއް ވެސް ގެނެސްފައިވާކަމަށް ވިދާޅުވި ކަމަށް އިމްރާން ވިދާޅުވި އެވެ.

"ތިމަންނަވެސް މިތަނުން ނިކުމެވިއްޖެނަމަ ގެންނަންޖެހޭ ބަދަލު ގެންނާނެ ކަމުގައި ރައީސް ޔާމީން ވިދާޅުވުމުން އެ ފުރުސަތު ލިބިވަޑައިގަންނަވަންދެން މަޑު ކުރެއްވުމަށް ރައީސް ޔާމީން އަރިހުގައި ދެންނެވި ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

ހޯމް މިނިސްޓަރ އިމްރާނަކީ ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު މޭޑޭ މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރުދެއްވިކަމަށް ތުހުމަތުކޮށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ފަރާތެކެވެ. އަދި އެންމެ ބޮޑެތި ކުށްވެރިންނާއެކު 100 ވަރަކަށް ދުވަހު ދޫނިދޫ ޖަލުގައި އަދި 115 ވަރަކަށް ދުވަހު މާފުށީ ޖަލުގައި ވެސް ބޮޑެތި ކުށްވެރިންނާއެކު ހޭދަ ކުރައްވާފައިވާ ފަރާތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް